ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިޔަމި ކޯސް 2 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ނަންބަރު: (IUL)253-OU-08275/253/2026/39

 

ނިޔަމި ކޯސް 2 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

 

                        މި ކައުންސިލުން އިންތިޒާމުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ "ނިޔަމި ކޯސް 2" ސެޓްފިކެޓް ލެވެލްގެ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފީމެވެ.

                        މި ކޯހަކީ ކަނޑުދަތުރުފަތުރުގެ ދާއިރާއިން މަޢުލޫމާތާއި ހުނަރު އިތުރުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން، 5 (ފަހެއް) ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހެކެވެ. ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2026 ޑިސެންބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ.

 

ކޯހުގައި ބައިވެރިވުމުގެ ޝަރުޠުތައް:

  1. 01 ޑިސެންބަރު 2026 ގެ ނިޔަލަށް ޢުމުރުން 16 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
  2. ދިވެހިބަހުން ލިޔަންކިޔަން ދަންނަ ފަރާތަކަށް ވުން.

 

އިތުރު މަޢުލޫމާތު:

  • މި ކޯހުގައި ކިޔެވުމަށް ބޭނުންވާ އެންމެހައި ތަކެތި ހޯދުމަކީ ކޯހުގެ ބައިވެރިންގެ އަމިއްލަ ޒިންމާއެކެވެ.

 

                        އެހެންކަމުން، މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 01 ނޮވެންބަރު 2026 އިން ފެށިގެން 15 ނޮވެންބަރު 2026 ގެ ނިޔަލަށް، ރަސްމީ ގަޑީގައި 9198712 ނަންބަރު ފޯނަށް ގުޅުއްވައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ.

                        ވީމާ،މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

21 ޖުމާދަލްޢޫލާ     1448

01  ނޮވެންބަރު     2026

01 ނޮވެންބަރު 2026
ހޯދާ