ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ސިޓީގެ އެއަރޕޯޓް ސަރަޙައްދުން ރެސްޓޯރެންޓެއް ތަރައްޤީކޮށް ހިންގުމަށް މަށިކުޅީގެ ހުޅަނގު އުތުރު ކަނުން 6000 އަކަފޫޓުގެ ބިމެއް 25 އަހަރަށް ކުއްޔަށް ދިނުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ބީލަން ހުށަހެޅުމުގެ މުއްދަތު ބަދަލުވުން

ކުޅުދުއްފުށީ ސިޓީގެ އެއަރޕޯޓް ސަރަޙައްދުން ރެސްޓޯރެންޓެއް ތަރައްޤީކޮށް ހިންގުމަށް މަށިކުޅީގެ ހުޅަނގު އުތުރު ކަނުން 6000 އަކަފޫޓުގެ ބިމެއް 25 އަހަރަށް ކުއްޔަށް ދިނުމަށް ކުރެވުނު ނަންބަރ (IUL)266-PR/266/2026/207 (18 އޮކްޓޯބަރ 2026) އިއުލާނުގެ އަންދާސީ ހިސާބު ހުށަހެޅުމުގެ މުއްދަތުވަނީ ބަދަލުވެފައެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްސީލް

ތާރީޚް

ގަޑި

އަންދާސީ ހިސާބު ހުށަހެޅުން

‏16‏ ނޮވެމްބަރ‏ 2026‏ (ހޯމަ‏)

10:30

ތަން: ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527177، 6527192 ނުވަތަ 6527113 އަށެވެ.

 

މިމަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓްގައި މިއިދާރާގެ ވެބްސައިޓް https://kulhudhuffushicity.gov.mv/procurement އިން ‏18‏ އޮކްޓޯބަރ‏ 2026 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.  

ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

ބީލަމާގުޅޭ މައުލޫމާތު ޝީޓު އަދި ބީލަން ފޮތް ޑައުންލޯޑު ކުރެއްވުމަށް: https://kulhudhuffushicity.gov.mv/procurement/587

 

01 ނޮވެންބަރު 2026
ހޯދާ