ދިވެހިރާއްޖެ
ހުރުމާއި ކައްކާ ކާންދިނުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
އައި.ޖީ.އެމް. އެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލް ގުޅިގެން ކުރިއަށް ގެންދާ ކޮމިއުނިޓީ ފިޒިއޮތެރަޕީ އައުޓްރީޗް ޕްރޮގްރާމުގެ ދަށުން އދ. މަންދޫއަށް ވަޑައިގަންނަވާ ޑޮކްޓަރުންގެ ޓީމުގެ ހުރުމާއި ކައްކާ ކާންދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިގޮތުން 11 ނޮވެންބަރު 2026 އިން ފެށިގެން 13 ނޮވެންބަރު 2026 ގެ ނިޔަލަށް (03 ޓުވިން ރޫމް) ހުރުމާއި ދޮވެއިސްތިރިކުރުން އަދި 06 ބޭފުޅުންނަށް ކައްކާ ކާންދިނުން އެއްތަނަކުން ހަމަޖައްސަވައިދެއްވުން އެދެމެވެ.
އެހެންކަމުން މިކަން ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 03 (ތިނެއް) ކޮޓަރި ހަމަޖައްސައިދެވޭނެ ތަނުގެ ނަމާއި، ރެއަކަށް ޖެހޭ އަގު އަދި މީހަކަށް ދުވާލަކަށް (04 ވޭލާއަށް - ހެނދުނު ސައި، މެންދުރު ކެއުން، ހަވީރު ސައި އަދި ރޭގަނޑު ކެއުން) ދޭނެ އަގު ބަޔާންކޮށް ސިޓީއަކުން ނުވަތަ ކޯޓޭޝަނަކުން، މި ކައުންސިލަށް ނުވަތަ މި ކައުންސިލުގެ އީމެއިލް އެޑްރެސް [email protected] އަށް 08 ނޮވެންބަރު 2026 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.
21 ޖުމާދަލްއޫލާ 1448
01 ނޮވެންބަރު 2026
