މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކުގައި ބަސްދުއްވުމަށް ދަތިވާގޮތަށް ހުރި ގަސްގަހުގެ އަފިތައް ކޮށުމާއި މަގުމަތީގައި ބަހައްޓާފައި ހުންނަ ތަކެތި ނެގުމާއި ގުޅޭ

ނ. ކެނދިކުޅުދޫގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ އިމުން ބޭރަށް ނުކުމެފައިވާ ގަސްގަހުގެ ގޮފިތަކާއި ރުއްރުކުގެ ފަންތަކުންނާއި، މަގުމަތީގައި ބަހައްޓާފައި ހުންނަ ތަކެތީގެ ސަބަބުން، އެއްގަމު އުޅަނދުފަހަރަށް (ޚާއްޞަކޮށް ޕިކަޕް، ލޮރީ، އެކްސަވޭޓަރު އަދި އާރު.ޓީ.އެލް ބަސް ދަފަ ބޮޑެތި  އުޅަނދުތައް) ދުއްވުމަށް ބޮޑެތި އުނދަގޫތަކެއްވެ، ގެއްލުން ލިބެމުންދާކަމުގެ ޝަކުވާ މި ކައުންސިލަށް ދަނީ ތަކުރާރުކޮށް ލިބެމުންނެވެ. މީގެ އިތުރުން، ބައެއް މަގުތަކާއި ގޯޅިތަކުގައި ބަހައްޓާފައިވާ އެކި ބަވަތް ބާވަތުގެ ތަކެއްޗާއި، އުޅަނދުފަހަރުގެ ސަބަބުން ބަސްދަތުރުތައް ކުރުމަށް ދަނީ ބޮޑެތި ދަތިތަކާ ކުރިމަތިވަމުންނެވެ.

އެގިވަޑައިގަންނަވާނެ ފަދައިން ކެނދިކުޅުދޫގައި އާރު.ޓީ.އެލް ބަހުގެ ޚިދުމަތް ދެމުންދާއިރު، މިޚިދުމަތް އެންމެ އެކަށީގެންވާ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނީ، ގެއާއި ގޯތިގެ އިމުން ބޭރަށް ހުރި ރުއްގަހުގެ ފަންތަކާއި ގޮފިތައް ކޮށައި ސާފުކޮށް އަދި މަގުތަކާއި ގޯޅިތަކުގައި ބަހައްޓާފައިވާ އެކި ބާވަތް ބާވަތުގެ އުޅަނދުތައް ނަގައިގެން ކަމުގައިވެސް ދަންނަވަމެވެ.

އެހެންކަމުން، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މި މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން، ގެއާއިގޯތީގެ ވަށައިގެންވާ މަގުތަކާއި ގޯޅިތަކަށް ފެތުރިފައިވާ ގަސްގަހުގެ ގޮފިތައް މިއަދުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ކޮށައި ސާފުކޮށްދެއްވުމަށް ދަންނަވަމެވެ. އަދި ހަމައެހެންމެ، މަގުތަކާއި ގޯޅިތަކުގައި ދަތުރުފަތުރު ކުރުމަށް ހުރަސްއެޅޭ ގޮތަށް ބަހައްޓާފައިވާ ތަކެއްޗާއި އުޅަނދުފަހަރު އެ ސަރަހައްދުތަކުން ނެންގެވުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސްކުރަމެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

29 އޮކްޓޫބަރު 2026
ހޯދާ