ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ ސްޓޭޑިއަމް ސަރަޙައްދުގެ އުތުރުފަރާތު ފާރާއި އިންވެގެން (ކުރެހުމުގައި ފާހަގަ ކުރެވިފައި) އޮތް 1000 އަކަފޫޓުގެ 3 ބިން 35 އަހަރަށް ކުއްޔަށް ދިނުމަށްޓަކައި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިދެންނެވި ސަރަޙައްދުގައި ގުދަން ހެދުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނަށް ބީލަން ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
|
ރަޖިސްޓްރޭޝަން |
ހ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 04 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓަރ ވާންވާނެއެވެ. ށ. ރަޖިސްޓްރޭޝަން ފޯމު: https://forms.cloud.microsoft/r/eEdxBTMP2v ނ. ބީލަން ހުށަހެޅުމަށް ވަޑައިގެންނެވޭނީ ހަމައެކަނި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. |
|
މަޢުލޫމާތު ސާފުކުރުން |
ހ. މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 05 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކެނދިކުޅުދޫ ކައުންސިލްގެ ޖަލްސާކުރާ މާލަން (ކެނދި މާލަން) ގައެވެ. މި ސެޝަނުގައި ބައިވެރި ނުވެވޭ ނަމަ ނުވަތަ އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ މިކައުންސިލްގެ އިދާރާގެ ޕްރޮޖެކްސް މެއިލް ([email protected]) މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވޭނެ އެވެ. އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވޭނެ ސުންގަޑިއަކީ 12 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 އެވެ. ށ. ޕްރޮޖެކްޓާއި ބެހޭ މަޢުލޫމާތު އަދި ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ގެޒެޓް ކޮށްފައިވާނެއެވެ. |
|
ބީލަން ހުށަހެޅުން |
ހ. ބީލަން ހުޅުވުން އޮންނާނީ 15 ނޮވެމްބަރ 2026 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ނ. ކެނދިކުޅުދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަން (ކެނދި މާލަން) ގައެވެ. |
|
އިތުރު މަޢުލޫމާތު |
މާރކްސް ދިނުން:
ޕްރޮޕޯސަލަށް ޕޮއިންޓްދެވޭނެގޮތް (40 އިންސައްތަ ބެހިފައިވާ ގޮތް)
- މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ - ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ - ފޯން: 6560013 ނުވަތަ 6560674 (ރަސްމީ ގަޑީގައި) - އީމެއިލް: [email protected] |
ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.
29 އޮކްޓޫބަރު 2026
