ދިވެހިރާއްޖެ
މި އޮތޯރިޓީގެ ބައެއް ޑިޕާޓްމަންޓްތައް ހިންގާނެ އޮފީސް ޖާގައެއް 2 އަހަރު ދުވަހުގެ މުއްދަތަށް ހޯދަން ބޭނުންވެއެވެ.
ވީމާ، މިފަދަ ތަނެއް ކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
|
ތާރީޚް |
ދުވަސް |
ވަގުތު |
ތަން |
|
މަޢުލޫމާތު ސާފުކުރުން |
04 ނޮވެންބަރު 2026 |
ބުދަ |
14:00 |
ޓެކްސްޕޭޔަރ ސަރވިސް ސެންޓަރ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، ގްރައުންޑް ފްލޯރ، އަމީނީމަގު، މާލެ |
|
އަންދާސީހިސާބު ހުށަހެޅުން އަދި ހުޅުވުން |
16 ނޮވެންބަރު 2026 |
ހޯމަ |
11:00 |
މި އިޢުލާނާއި ގުޅިގެން އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ކަނޑައަޅާފައިވާ ދުވަހުގެ މި އޮތޯރިޓީއަށް ޚާޟިރުވެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. މި އިޢުލާނާ ގުޅިގެން ދޭ މަޢުލޫމާތު ކަރުދާސް ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް ހިއްސާކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް 3020478, 3339467 އަށް ގުޅުއްވުން އެދެމެވެ.
