ދިވެހިރާއްޖެ
މި އިދާރާގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތި ނީލަން ކިޔުން 2026 ނޮވެންބަރު 01 ވާ އާދިއްތަ ދުވަހު 10:00 ގައި ކިހާދޫ ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. ވީމާ، މި ނީލަމުގައި ބައިވެރިވުމަށް އެންމެހާ ފަރާތްތަކަށް ދަޢުވަތު އަރުވަމެވެ.
ނީލަމުން ނެގޭ ތަކެއްޗަށްވާ ފައިސާ 2026 ނޮވެންބަރު 05 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ދައްކަންވާނެއެވެ. ނީލަމުން ނެގޭ ތަކެތި ދޫކުރެވޭނީ ފައިސާ ދެއްކުމުންނެވެ. އަދި ނީލަމަށް ހާޟިރުވާ ފަރާތްތަކަށް ނީލަމާ ބެހޭ އިރުޝާދުތައް ނީލަން ފެށުމުގެ ކުރިން ދެވޭނެ ވާހަކަ ދަންނަވަމެވެ. ނީލަމުގައި އަގު ހުށަހަޅާއިރު، ރުއްގަހަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގަކީ 5/-ރ (ފަސް ރުފިޔާ) އެވެ. އަދި އެނޫން ތަކެއްޗަށް އަގު ހުށަހަޅާއިރު އިތުރުކުރެވޭނެ އެންމެ ކުޑަ އަގަކީ 1/-ރ (އެއް ރުފިޔާ) އެވެ. ނީލަން ކިޔާ ތަކެތީގެ ލިސްޓެއް މި އިއުލާނާއެކު ބެހެއްޓިފައިވާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
