ދިވެހިރާއްޖެ
ނަންބަރު : (IUL)ASMH-Procure/ASMH/2026/119
އިޢުލާން
ހޮސްޕިޓަލަށް ބޭނުންވާ ބައެއް މެޝިނަރީޒް އެންޑް އިކުއިޕްމަންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
ޑރ. އަބްދުލްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ދޭ ޚިދުމަތް ފުޅާކޮށް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީޒް އެންޑް އިކުއިޕްމަންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު : (IUL)ASMH-Procure/ASMH/2025/112 ގެއިޢުލާނާއި ގުޅިގެން މަސައްކަތް ހަވާލުކުރެވުނު ފަރާތުން މަސައްކަތް ނިންމާފައިނުވާތީ، އެފަރާތުން މަސައްކަތް ވަކިކޮށް އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަފަހަރަށް އިޢުލާންކުރެވިފައިވެއެވެ. އެގޮތުން ދެވަނަފަހަރަށް ކުރެވުނު ނަންބަރު (IUL)ASMH-Procure/ASMH/2026/105 ގެ އިޢުލާނާއި ގުޅިގެން އެއްމެ ފަރާތަކުން ބިޑު ހުށަހަޅާފައިވާތީ، އެ އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަން ބާތިލްކޮށް، ހޮސްޕިޓަލަށް ބޭނުންވާ ބައެއް މެޝިނަރީޒް އެންޑް އިކުއިޕްމަންޓް ސަޕްލައިކޮށްދޭނެފަރާތެއް ހޯދުމަށް ތިންވަނަ ފަހަރަށް އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބިޑުގައި ރަޖިސްޓްރީ ކުރުމަށް 29 އޮކްޓޫބަރު 2026 އިން 04 ނޮވެމްބަރ 2026 ވަނަދުވަހުގެ 13:00 އާއި ދެމެދު މިހޮސްޕިޓަލްގެ އީމެއިލް އެޑްރެސް [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލްކުރުން ނުވަތަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން ރަޖިސްޓްރޭޝަން ފޯމްހުށަހެޅުއްވުން އެދެމެވެ. ބިޑުގައި ރަޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. ބީލަމާއި ގުޅޭ އިތުރުމަޢުލޫމާތު ޙިއްސާކުރެވޭނީ ބިޑުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުން: 17 ނޮވެމްބަރ 2026، 13:00 ގެ ކުރިން [email protected] އަށް މެއިލްކޮށްގެން ނުވަތަ ރަސްމީ ގަޑީގައި 6845161 ނަންބަރ ފޯނަށް ގުޅުއްވައިގެން.
އަންދާސީ ހިސާބް ހުށަހެޅުން: 19 ނޮވެމްބަރ 2026، 10:00 އަށް
ތަން: ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ)
