ދިވެހިރާއްޖެ
މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، ކައުންސިލްގެ އެކޮމަޑޭޝަން ބްލޮކުގެ ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ރަޖިސްޓްރީކުރުން |
2026 ނޮވެމްބަރ 5 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން https://tinyurl.com/ykh6cv2p ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުން |
|
މަސައްކަތު ސައިޓް ބެލުން |
އެކޮމެޑޭޝަން ބުލޮކުގެ މަސައްކަތު ސައިޓް ބެލުމަށް ބޭނުންފުޅުވާ ފަރާތްތަކުން، ބީލަމަށް ރަޖިސްޓްރީކުރުމަށްފަހު، ރަސްމީގަޑީގައި މިއިދާރާއަށް ދުރުވުމުން މަސައްކަތު ސައިޓް ބެލޭނެ އިންތިޒާމް ހަމަޖައްސަދެވޭނެއެވެ. |
|
ބީލަން ހުށަހެޅުން |
2026 ނޮވެމްބަރ 09 ވާ ހޯމަ ދުވަހުގެ 11:00 ގައި މުލަކަތޮޅު ދިއްގަރު ކައުންސިލްގެ ޖަލްސާކުރާ މާލަމް ގައި. (ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވޭނީ، ބީލަން ހުށައެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.) |
އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ގެންނަވަންވާނެއެވެ.
