ދިވެހިރާއްޖެ
(IUL)246/246/2026/85 ނަންބަރު
ހއ. މޮޅަދޫ "އާރު.ޓީ.އެލް ހަޓު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ
ހއ. މޮޅަދޫ ކައުންސިލުން ދޭ މަޢުލޫމާތާއި އިރުޝާދާ އެއްގޮތަށް، މިރަށުގެ އާރުޓީއެލް ހަޓުގެ މަރާމާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައިވާ ތާވަލުގައިވާ ސުންގަޑިތަކަށް ސަމާލުކަން ދެއްވައި، ބީލަމުގައި ރަޖިސްޓްރީވެލައްވައި، އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.
ބީލަމުގައި ރަޖިސްޓްރީ ވުމާއި އަންދާސީހިސާބު ހުށައެޅުން:
1. ބީލަމުގައި ރަޖިސްޓްރީވުން: 2026 ނޮވެންބަރު 04 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން.
2. އަންދާސީހިސާބު ހުށަހެޅުން: 2026 ނޮވެންބަރު 08 ވާ އާދިއްތަ ދުވަހުގެ 13:00 އަށް.
ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ލިންކްގައިވާ އޮންލައިން ފޯމު:- https://forms.cloud.microsoft/r/kTFf1zWXiV?origin=lprLink
މެދުވެރިކޮށް ރަޖިސްޓްރީ ކުރައްވަން ވާނެއެވެ. ރަޖިސްޓްރޭޝަންގެ މަޢުލޫމާތު ކައުންސިލަށް ލިބުނުކަން ޔަޤީންކުރުމަކީ ބީލަންވެރިޔާގެ ޒިންމާއެކެވެ.
މި ބީލަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 2026 ނޮވެންބަރު 04 ވަނަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާއިރު އިޢުލާނު ނަންބަރާއި ބީލަމުގެނަން ސަބްޖެކްޓްގައި ލިޔުއްވަން ވާނެއެވެ. ރަސްމީ ގަޑީގައި 6500031 ނަންބަރަށް ގުޅައިގެންވެސް މަޢުލޫމާތު ހޯދޭނެއެވެ.
ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބީލަންތަކާއި، ގަޑިޖެހިގެން ހުށައަޅާ ބީލަންތައް، އަދި މަޢުލޫމާތު ކަރުދާހުގައިވާ ޝަރުޠުތައް ފުރިހަމަނުވާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
