މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކާބޯތަކެތީގެ މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ނަންބަރު: (IUL)303-EDMS/303/2026/49 

 

އިޢުލާން

 

ކާބޯތަކެތީގެ މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

އުނގޫފާރު ކައުންސިލާއި އުނގޫފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން، އުނގޫފާރުގެ ޢާންމު ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ޚާއްޞަކޮށްގެން މިއަހަރުގެ ކާބޯތަކެތީގެ ދުވަސް ރަށުފެންވަރުގައި ފާހަގަކުރުމުގެ ގޮތުން ކާބޯތަކެތީގެ މަޢުރަޒެއް 2026 ނޮވެމްބަރު 21 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން މެންދުރުފަހު 15:00 ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ކާބޯތަކެތީގެ މައުރަޒުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން 1ވަނަ ، 2ވަނަ އަދި 3ވަނަ އަށްހޮވޭ ފަރާތްތަކަށް ގިފްޓްޕެކެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ކާބޯތަކެތީގެ މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު މިއަދުން ފެށިގެން 2026 ނޮވެމްބަރ 15 ވާ އާދިއްތަ ދުވަހުގެ 13:30 ނިޔަލަށް ހުޅުވާލަމެވެ. މި އިޢުލާނާއިއެކު "ކާބޯތަކެތީގެ މައުރަޒު އިންތިޒާމު ކުރުމާއި، ހިންގުމުގެ އާންމު އުޞޫލާއި ޤަވާއިދު" އާންމުކުރަމެވެ.

ވީމާ، މި މައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޫގަލް ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ.

ލިންކް: https://forms.gle/T4HGCN5kS2b1STNC9

 

އިތުރުމަޢުލޫމާތު ހޯދުމަށް 9139454 / 9128117 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

29 އޮކްޓޫބަރު 2026
ހޯދާ