މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޭބީ ނާސަރީ، ނާސަރީ އަށް ކުދިން ވެއްދުމާއިގުޅޭ

 2027 ދިރާސީ އައު އަހަރަށް ރ. އިނގުރައިދޫ ޕްލޭ ސްކޫލަށް ކުދިން ވެއްދުމުގެ ފުރުޞަތު 24 ޑިސެންބަރު 2026 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ޕްލޭ ސުކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމް މި އިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެންހުންނާނެއެވެ.

  • ބޭބީ ނާސަރީ - 31 މާރިޗު 2027 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން.
  • ނާސަރީ - 31 މާރިޗު 2027 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން.
  • ޕްލޭ ސްކޫލް ފީ – މަހަކު -/250

 މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.  

29 އޮކްޓޫބަރު 2026
ހޯދާ