މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2027 ވަނަ އަހަރަށް އަނގޮޅިތީމު ކައުންސިލްގެ ޕްރީސްކޫލަށް ކުދިން ވެއްދުން

2027 ވަނަ އަހަރަށް އަނގޮޅިތީމު ކައުންސިލްގެ ޕްރީސްކޫލަށް ކުދިން ވެއްދުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ. ޕްރީސްކޫލަށް ކުދިންވެއްދޭނެ އުމުރުފުރާތައް ތިރީގައި މިވަނީއެވެ.

  • ·         ނާސަރީއަށް ވަދެވޭނީ 2026 ޑިސެންބަރު 31 އަށް އުމުރުން 3 އަހަރުފުރި 4 އަހަރު ނުފުރޭ ކުދިން.
  • ·         ބޭބީ ނާސަރީއަށް ވަދެވޭނީ 2026 ޑިސެންބަރު 31 އަށް އުމުރުން 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން.

                ވީމާ ، 2027 ވަނަ އަހަރަށް އަނގޮޅިތީމު ޕްރީސްކޫލަށް ކުދިން ވައްދަން ބޭނުންފުޅުވާ ފަރާތްތަކުން ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމް  ފުރުއްވައި 2026 ނޮވެންބަރ 19ވަނަ ދުވަހުގެ 14:00ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް ރަސްމީ ގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

                ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ. 

29 އޮކްޓޫބަރު 2026
ހޯދާ