ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ނީލަން ކިއުން

މިކޯޓުގެ ނަންބަރު 683-A/2026/171  ޢިއުލާނަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ މިކޯޓުގައި ހުރި ބައުވެހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމަށް އަލުން އިޢުލާންކުރަމެވެ.


 

މި ކޯޓުގައި ހުރި ބައުވެހަލާކުވެފައިވާ ތަކެތި ނީލަންކިޔުން، 10 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަހުގެ ހަވީރު 16:00 ގައި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގައި އޮންނާނެއެވެ. މި އިޢުލާނާއިއެކު ނީލަންކިޔާ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި މިތަކެތި ވިއްކުމަށް ކަނޑައަޅާފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ތާރީޚަށް މިކޯޓަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ބޭފުޅުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިއުނު ތަކެތީގެ ފައިސާ ބަނޑޭރި ޕޯރޓަލް  https:/bandeyripay.finance.gov.mv މެދުވެރިކޮށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ދެއްކުމަށްފަހު ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެއެވެ. އަދި މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މި ކޯޓުގެ ނަންބަރު 6861056 ފޯނަށް ގުޅުއްވުން އެދެމެވެ.

 

ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

29 އޮކްޓޯބަރ 2026

29 އޮކްޓޫބަރު 2026
ހޯދާ