ދިވެހިރާއްޖެ
ނަންބަރު: (IUL)303-CA/303/2026/57
އިޢުލާން
ގޭގައި ތިބެގެން އާމްދަނީ ހޯދާ އަންހެނުންގެ ދަފްތަރެއް އެކުލަވައިލުމާ ގުޅޭ
ގޭގައި ތިބެގެން އަމިއްލަ މަސައްކަތުން އާމްދަނީ ހޯއްދަވާ އަންހެން ކަނބަލުން ދެނެގަތުމާއި، އެ ފަރާތްތަކުގެ މައުލޫމާތު ހިމެނޭ ދަފްތަރެއް އެކުލަވާލުމުގެ މަގުސަދުގައި އުނގޫފާރު ކައުންސިލާއި އުނގޫފާރު އަންހެންނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން ސާވޭއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ސާވޭ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 2026 އޮކްޓޫބަރ 29 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2026 ނޮވެމްބަރު 18 ވާ ބުދަ ދުވަހުގެ ނިޔަލަށެވެ.
މި ސާވޭގެ މައިގަނޑު މަޤްޞަދަކީ، ގޭގައި ތިބެގެން އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ އަންހެނުންގެ ވިޔަފާރިތައް ކުރިއެރުވުމަށް ހުރި ފުރުޞަތުތައް ދެނެގަތުމާއި، އެ އަންހެނުންގެ މަސައްކަތްތައް ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަމާއި، ތަމްރީނާއި އެހެނިހެން ފަސޭހަތައް ދެނެގަނެ، އަންހެނުންގެ ވިޔަފާރިތައް ތަރައްޤީކޮށް، އިޤްތިޞާދީ ގޮތުން އިތުރަށް ބާރުވެރިކޮށްދިނުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ލިންކް: https://forms.gle/RgDDPRHQeETb7bjE6
އިތުރު މަޢުލޫމާތު ހޯދުމަށް 9139454 / 9128117 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
