އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލަށް ފޮނުވާ ފައިސާ އާއި ގުޅޭ
ކައުންސިލަށް ފޮނުވާ ފައިސާ އާއި ގުޅޭގޮތުން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. ޚާއްސަކޮށް ދަނޑުބިންތަކުގެ ކުލީގެ ފައިސާ ފޮނުއްވާއިރު، އެފައިސާ ފޮނުއްވަނީ ކޮން ގޭބީސީއެއްގެ ކޮން މަހެއްގެ ކުލިކަން އެނގޭނޭހެން ލިޔުން އެދެމެވެ. އަދި ކޮންމެ ސްލިޕެއްވެސް ކައުންސިލްގެ ވައިބަރ ނަންބަރު: 7310052 އަށް ފޮނުވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުން އެދެމެވެ.
މީގެ އިތުރުން، އިސްވެދެންނެވުނު ކަމަށް ނޫންކަންކަމުގައި ކައުންސިލްގެ އެކައުންޓަށް ފައިސާ ފޮނުވާއިރު، ފައިސާ ފޮނުވަނީ ކޮންކަމަކަށްކަން އެނގޭނެހެން ފޮނުއްވައި ދިނުން އެދެމެވެ.
ވީމާ، މިކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
18 ޖުމާދަލްޢޫލާ 1448
29 އޮކްޓޯބަރު 2026
29 އޮކްޓޫބަރު 2026
ހޯދާ
