ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކަނޑު ދަތުރުކުރާ އުޅަނދު މަރާމާތު ކުރުމަށްޓަކައި ކުރު މުއްދަތަކަށް ބިން ކުއްޔަށް ދޫކުރުން

އިޢުލާން

ކަނޑު ދަތުރުކުރާ އުޅަނދު މަރާމާތު ކުރުމަށްޓަކައި ކުރު މުއްދަތަކަށް ބިން ކުއްޔަށް ދޫކުރުން

ވަރަށް ގިނަ ފަރާތްތަކަކުން ކަނޑު ދަތުރުކުރާ އުޅަނދު މަރާމާތު ކުރުމަށްޓަކައި ކުރު މުއްދަތަކަށް ބިން ކުއްޔަށް ހިފުމަށް އެދެމުންދާތީ، ކަނޑައެޅިފައިވާ ސަރަހައްދަކުން ވަގުތީގޮތުން ބިން ކުއްޔަށް ދޫކުރުމަށް މިކޯޕަރޭޝަނުން ވަނީ ނިންމާފައެވެ. މިގޮތުުން ބިން ކުއްޔަށް ދޫކުރެވޭ އެންމެ ދިގު މުއްދަތަކީ 31 މޭ 2016 ގެ ނިޔަލަށެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ ބޭނުމަށް ކުރުމުއްދަތަށް ބިން ކުއްޔަށް ހިފަން އެދޭ ފަރާތްތަކުން، މިކޯޕަރޭޝަނުން ދޫކުރާ ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް ދަންނަވަމެވެ. ފޯމު ބަލައިގަނެވޭނީ 3 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުން ފެށިގެން ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 ން މެންދުރުފަހުގެ 14:00 ގެ ނިޔަލަށެވެ.

އަދި ދަންނަވަމެވެ. ބިން ކުއްޔަށް ދޫކުރެވޭނީ މިކަމަށް އެދި ހުށަހަޅާ ފޯމުގައިވާ ކަންކަން ފުރިހަމަ ކުރުމަަށްފަހު، ފޯމު ހުށަހަޅާ ތަރުތީބުން، ބިން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުގައި ޖާގަ ހުރި މިންވަރަކުންނެވެ. ބިން ކުއްޔަށް ދޫކުރާނެ އުސޫލު މިކަމަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކުރެވިފައިވާނެއެވެ.

23 ޖުމާދަލްއޫލާ 1437

ފެން ބިލްޑިންގ/ 4 ވަނަ ފަންގިފިލާ

އަމީނީމަގު، މާލެ، ދިވެހިރާއްޖެ

ފޯން: 3307513 ، 3307515  ފެކްސް: 3307514

01 މާރިޗު 2016
ހޯދާ