މުޙައްމަދު ޤާސިމް ޕްރީސްކޫލް
ދިވެހިރާއްޖެ
މުޙައްމަދު ޤާސިމް ޕްރީ ސްކޫލުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް، އައުޓްޑޯރ ސްޕީކަރު (ކެރީންގ ބޭގާއެކު) ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ.

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލުން ދީފައިވާ މަޢުލޫމާތާއި މިންގަނޑުތަކާ އެއްގޮތަށް، ކެރީންގ ބޭގާއެކު 2 (ދޭއް) އައުޓްޑޯރ ސްޕީކަރު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި ބީލަމުގައި ބައިވެރިވެވަޑައިގަންނަވަން އެދޭ ފަރާތްތަކުން 2026 އޮކްޓޫބަރު 28 އިން ފެށިގެން 2026 ނޮވެމްބަރު 08 ވާ ދުވަހުގެ ނިޔަލަށް، ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކުރައްވައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި ބީލަމަށް އަންދާސީހިސާބު ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.

  1. "ބިޑް ރަޖިސްޓްރީ ފޯމް"ގެ ލިންކް: https://forms.gle/vo1zXToRDvyHBmTk6 
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ނޮވެމްބަރު 10 ވާ އަންގާރަ ދުވަހުގެ 10:00 ގައި، މުޙައްމަދު ޤާސިމް ޕްރީސްކޫލްގެ މީޓިންގ ރޫމްގައެވެ.
  3. މި ބީލަމާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 2026 ނޮވެމްބަރު 08 ވާ ދުވަހުގެ 13:00 ގެ ކުރިން މި އިޢުލާނުގެ 5 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އީ-މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
  4. މި މަސައްކަތާ ގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު ޢާންމުކުރެވިފައިވާނެއެވެ. އަދި މި ޕްރޮޖެކްޓާ ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  5. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މުޙައްމަދު ޤާސިމް ޕްރީސްކޫލް 

ޗަނބޭލީމަގު، ހުޅުމާލެ ފޭސް 1، ދިވެހިރާއްޖެ.                                       

ފޯން: 3354903 / 3354904 

28 އޮކްޓޫބަރު 2026
ހޯދާ