ދިވެހިރާއްޖެ
|
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2026/229 |
|
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
(PROC-41-26) GSRF-PSM-TVMPro/2026/208 |
އިޢުލާން
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
މި ކުންފުނީގެ ޓީވީ މޯލްލްޑިވްސް އިން ދެއްކުމަށް 13 (ތޭރަ) އެޕިސޯޑްގެ ޑްރާމާ ސިލްސިލާ އެއް ގަންނަން ބޭނުންވާތީ، މި ޑްރާމާ ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ 11:00 އަށް ޓީވީއެމް ބިލްޑިންގ (ބުރުޒު މަގު) އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 12 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ޓީވީއެމް ބިލްޑިންގ (ބުރުޒު މަގު) އަށް ހާޒިރުވެ ޕްރޮޕޯސަލް ހުށަހެޅުން އެދެމެވެ.
ޕްރޮޕޯސަލް ހުށަހަޅާއިރު މިކުންފުނިންދޭ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ ކަމެއް ފުރިހަމަކޮށް ޕްރޮޕޯސަލް ހުށަހެޅުން އެދެމެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. ބިޑްޕްރޮޕޯސަލް ހުށަހެޅުމަށް ގަޑިއަށް ޙާޒިރުނުވާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.
