އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ޢިއުލާން - ކުއްޔަށް ހިފުން

އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓު ހިންގުމަށް ޢިމާރާތެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރު 689-A/2026/33 އިޢުލާންގައި ފުރިހަމަވާންޖެހޭ މަޢުލޫމާތު ފުރިހަމަވެފައިނުވާތީ އެ އިޢުލާން ބާތިލްކޮށް، އަލުން އިޢުލާންކުރުމަށް ނިންމީމެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

  • މި ބީލަމާއި ގުޅޭ މަޢުލޫމާތު  ދިނުން އޮންނާނީ 2 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 10:30 ގައި އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓްކޯޓުގައެވެ. މައުލޫމާތު ސެޝަން އޮންނަ ގަޑީގައި މައުލޫމާތު ޝީޓް އަދި މާކްސް ދެވެނޭގޮތުގެ ތަފްސީލް ޝީޓް ހަވާލު ކުރެވޭނެއެވެ.
  • ބީލަން ހުށަހެޅުން އޮންނާނީ 08 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 13:30 ގައި އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓްކޯޓުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޢިއްލާން ނަމްބަރ،އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  •  ބީލަން ހުށަހެޅުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.
  • އަދި އެއްކަރުދާސް ކުރެވިފައިވާ ލިޔުންތައް ފުރުމަށްފަހު ބީލަމާއ އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ހުށަހަޅަން ޖެހޭނެއެވެ.
27 އޮކްޓޫބަރު 2026
ހޯދާ