މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ 2 ވަނަ ފަންގިފިލާ އެއްކޮށް އަދި އެހެނިހެން ފަންގިފިލާތަކުގެ ޓޮއިލެޓް ލޮބީތަކުގައި ވިނައިލް ފްލޯރިންގ އެޅުމަށް ބޭނުންވާ އެންމެހާ ކަންކަން ކުރުން

     މި އޮތޯރިޓީގެ 2 ވަނަ ފަންގިފިލާ އެއްކޮށް އަދި އެހެނިހެން ފަންގިފިލާތަކުގެ ޓޮއިލެޓް ލޮބީތަކުގައި ވިނައިލް ފްލޯރިންގ އެޅުމަށް ބޭނުންވާ އެންމެހާ ކަންކަން ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

     ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ ތާވަލްއާއި އެއްގޮތަށް މިއޮތޯރިޓީއަށް ޙާޟިރުވެ ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

04 ނޮވެންބަރު 2026

ބުދަ

11:00

އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ސުންގަޑި

08 ނޮވެންބަރު 2026

އާދިއްތަ

11:00

އަންދާސީ ހިސާބު ހުށަހެޅުން

15 ނޮވެންބަރު 2026

އާދިއްތަ

11:00

     މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް އަންގާފައިވާ ދުވަހުގެ 11:00 އަށް އޮތޯރިޓީއަށް ޙާޟިރުވެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. މި ބީލަމުގެ އާރް.އެފް.ޕީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކާ ހިއްސާކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ކަނޑައަޅާފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ ބިޑުތައް ބަލައި ނުގަނެވޭނެއެވެ. އަދި ބިޑު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި ބިޑުތައް ހުޅުވައި، އަގުތައް އެނގޭނެ ލިޔުން ބިޑު ހުށަހެޅި ފަރާތްތަކާ ހިއްސާ ކުރެވޭނެއެވެ.

28 އޮކްޓޫބަރު 2026
ހޯދާ