މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނިޔަމިކަމުގެ ސެޓްފިކެޓް II (NC2) ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް މެރިޓައިމް ސްޓަޑީސް އާއި ކައުންސިލް ގުޅިގެން 2026 ނޮވެމްބަރ 23 ން 2026 ނޮވެމްބަރ 27ގެ ނިޔަލަށް ނިޔަމިކަމުގެ ސެޓްފިކެޓް II ކޯހެއް މިރަށުގައި ކުރިއަށް ގެންދިއުމަށް ބޭނުންވެއެވެ.
ކޯހާއިބެހޭ މަޢުލޫމާތު:
- ކޯހުގެ މުއްދަތު: 30 ގަޑިއިރު
- ކިޔަވައިދޭ ބަސް: ދިވެހި
- ކޯހުގެ ޖުމްލަ ފީ: 1500.00 (ފަނަރަ ސަތޭކަ ރުފިޔާ)
ވީމާ، މިކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ރަސްމީ ގަޑީގައި 6580069 ނަންބަރު ފޯނަށް ގުޅުއްވައިގެން ނުވަތަ ކައުންސިލްގެ ވައިބަރ ނަންބަރ 7380069 އަށް މެސެޖް ކުރައްވައިގެން ނަން ނޯޓް ކުރެއްވުމަށް ދަންނަވަމެވެ. ނަން ނޯޓް ކުރެއްވުމުގެ ސުންގަޑިއަކީ 2026 ނޮވެމްބަރ 12 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިންނެވެ. މިކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެކަށީގެންވާ ޢަދަދަށް މީހުން ބައިވެރިވާކަމުގައިވާނަމައެވެ.
28 އޮކްޓޫބަރު 2026
ހޯދާ
