މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެލުގެ ވިޔަފާރި ކުރުމަށް ބަނދަރުން ވަގުތީ ކުލީބިން ދޫކުރުން

  1. ތެލުގެ ވިޔަފާރި ކުރުމަށް ކުލީ ބިމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ހުޅުވާލަމެވެ.
  2. ތެލުގެ ވިޔަފާރި ކުރުމަށް ކުލީބިމުގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ މައުލޫމާތު:
  • ބިމުގެ އަދަދު: 2 (ދޭއް)
  • ބިމުގެ ބޮޑުމިން: 30 X 40 ފޫޓް (1200 އަކަފޫޓް)
  • ބިން ދޫކުރާ މުއްދަތު: 5 (ފަހެއް) އަހަރު ދުވަސް
  • ބިމު ކުލި: އަކަފޫޓަކަށް: 1.00ރ (އެއް ރުފިޔާ) އަށްވުރެ ކުޑަނޫން އަދަދަކަށް.
  • ސެކިއުރިޓީ ޑިޕޮސިޓް: 3 މަހުގެ ކުއްޔާށްވާ ފައިސާ
  1. ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފީ 100ރ (ސަތޭކަ ރުފިޔާ) ދެއްކެވުމަށްފަހު، ޓްރާންސްފާރ ސްލިޕާއި، މި ޢިއުލާނާއެކު ގެޒެޓްކުރެވިފައިވާ ބިޑް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 09 ނޮވެންބަރު 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މިއިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ދެވިފައިވާ މުއްދަތުގެ ތެރޭގައި ބިޑް ރަޖިސްޓްރޭޝަން ފޯމް އަދި ބިޑް ރަޖިސްޓްރޭޝަން ފީގެ ޓްރާންސްފާރ ސްލިޕް ހުށަހަޅުއްވާފައިނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެއެވެ. މިދެންނެވުނު ގޮތަށް ބިޑް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް މިމަސައްކަތާއިގުޅޭ އެންމެހާ މަޢުލޫމާތާއި، ބިޑިންގ ޑޮކިއުމަންޓްސްތައް އީ-މެއިލް ކުރެވޭނެއެވެ.
  2. މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 08 ނޮވެންބަރު 2025 ވާ އާދިއްތަ ދުވަހުގެ 13:30ގެ ކުރިން ތިރީގައިވާ އީ-މެއިލް  އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.
  3. މި ބީލަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 15 ނޮވެންބަރު 2025 ވާ އާދިއްތަ ދުވަހު 13:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
  4. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 18 ނޮވެންބަރު 2025 ވާ ބުދަ ދުވަހުގެ 13:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
  5. ބިން ލިބޭފަރާތް ކަނޑައަޅާނީ މި ކައުންސިލްގެ އިޙްތިޞާސް ތެރޭގައި ހިމެނޭ އެންމެހާ ބިންތައް، އެކިއެކި ބޭނުންތަކަށް ކުއްޔަށްދިނުމާއި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ނަންބަރު: (PP)309-ESM/309/2023/1 (04 ޖަނަވަރީ 2023) އުޞޫލުގައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގު ހުށަހަޅި 2 ފަރާތަށެވެ. އަދި އެންމެ މަތީ އަގު ހުށަހެޅި ފަރާތްތަކުގެ ތަރުތީބުން ބިން އިޙްތިޔާރުކުރުމުގެ ފުރުޞަތު  އޮންނާނެއެވެ.  އަދި ހުށަހެޅި އަގުތައް އެއްވަރު ވެއްޖެނަމަ ބިން ލިބޭފަރާތް ކަނޑައަޅާނީ އެއްވަރުވި ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ.
  6. ތެލުގެ ވިޔާފާރި އަށް ދޫކުރެވޭ ބިންތަކުން 3 މަސްދުވަހުގެ ކުއްޔަށްވާ ފައިސާ  ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި އިނގުރައިދޫ ކައުންސިލްގެ އިދާރާ އަށް ދައްކަންވާނެއެވެ.

 

    އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    ފޯނު ނަންބަރު: 6580028

    އީ-މެއިލް: [email protected]

28 އޮކްޓޫބަރު 2026
ހޯދާ