މަޤާމު:
|
އެސިސްޓެންޓް ކްލެސިފަޔަރ ( ޖީ އެސް 4 )
|
އޮފީހުގެ ނަން:
|
ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން / މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މާލެސިޓީ
|
ކްލެސިފިކޭޝަން
|
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ބޭނުންވާ ޢަދަދު:
|
02
|
އަސާސީ މުސާރަ:
|
-/5,020 ރުފިޔާ
|
އެލަވަންސް:
|
-/1,500 ރުފިޔާ (ސަރވިސް އެލަވަންސް).
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ކަނޑައެޅިފައިވާ އުސޫލަކުން އިތުރުގަޑީގެ މަސައްކަތަށް ދެވޭ އުޖޫރަ ދެވޭނެ.
|
ސެކްޝަން /ޔުނިޓް:
|
ކްލެސިފިކޭޝަން އެންޑް ޑިވެލޮޕްމަންޓް ސެކްޝަން / ކްލެސިފިކޭޝަން ޔުނިޓް.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ކްލެސިފައިކުރުމަށް ހަވާލުކުރެވޭ އެންމެހައި ފަންނީ އުފެއްދުންތައް، ގިންތި ކަނޑައެޅުމާއި ދަރަޖަކުރުމުގެ ގަވާއިދާ އެއްގޮތަށް ކްލެސިފައިކުރުން.
- ކްލެސިފައިކުރުމާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް ފިލްމް، ލިޓްރެޗަރ އެންޑް ޑެވެލޮމަންޓް ޔުނިޓާ ގުޅިގެން ރާވައި، ތާވަލުކުރުމަށްފަހު ތާވަލާ އެއްގޮތަށް ހިންގައި އެކަމާބެހޭ ރިޕޯޓުތައް ތައްޔާރުކުރުން.
- ބަޖެޓް ހެދުމަށް ޔުނިޓުގެ ފަރާތުން ބޭނުންވާ މަޢުލޫމާތު ތައްޔާރުކޮށް ހުށަހެޅުން
- އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.
|
އަސާސީ ޝަރުޠު:
|
- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދައްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
ވަޒީފާއަށް އެންމެ ގާބިލު ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- އުރުދޫ (ހިންދީ) ބަސް ދަންނަ މިންވަރު
- އާންމުންގެ ތެރެއަށް ނިކުމެ ވާހަކަދެއްކުމުގެ ހުނަރު ހުރި މިންވަރު.
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު. (މި ފޯމު މިބިޔުރޯއިން އަދި މިބިޔުރޯގެ ވެބްސައިޓް www.nbc.gov.mv އިން ލިބެން ހުންނާނެއެވެ.)
- ތަޢުލީމީ ސެޓްފިކެޓް ލިބިފައިވާނަމަ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ އަސްލާ އެއްގޮތްކަމުގެ ކޮޕީ.)
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާނަމަ ވަޒީފާ އަދާކުރި ނުވަތަ އެވަޒީފާ އަދާކުރާކަމުގެ ރަސްމީ ލިޔުމެއް. (އެ ވަޒީފާގެ މަސްއޫލިއްޔަތާއި، އެ ވަޒީފާގައި ހޭދަވި މުއްދަތާއި އަދި މަސައްކަތު އަޚްލާޤު ހުރިގޮތް ބަޔާންކޮށް)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)
- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ސިވިލް ސަރވިސްގެ މި ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
|
އިތުރު މަޢުލޫމާތު:
|
- ޝަރުޠު ފުރިހަމަނުވާ އަދި ހުށަހަޅަންޖެހޭ ތަކެތި ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- މި މަޤާމަށް މުވައްޒަފުން ހޮވޭނީ މި ބިޔުރޯއިން ކަނޑައަޅާ އިންޓަރވިޔު ޕެނަލްއެއްގައި މި މަގާމުގެ ވާޖިބު އަދާކޮށްދެވޭނެ ކަމަށް ސާބިތުކޮށްދީ އިންޓަރވިއުއިން ފާސްވުމުންނެވެ.
- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ބިޔުރޯގެ 3312900 ނުވަތަ 3312901 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
|
ސުންގަޑި:
|
2016 މާރިޗު 13 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން.
ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަނަށް. (ވެލާނާގެ 05 ވަނަ ފަންގިފިލާ)
|
އިންޓަވިއު ކުރުން:
|
- މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
- އިންޓަވިއުގައި ވާހަކަދެއްކުމުގެ ހުނަރު ނުވަތަ ޕްރެސެންޓޭޝަން ސްކިލްސް ހުރި މިންވަރު ބަލާތީ 15 މިނިޓުގެ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނެއެވެ.
- ޕްރެޒެންޓޭޝަން ހުށަހެޅުމާ ބެހޭ ގޮތުން އިތުރު ތަފުސީލު އިންޓަވިއު އޮންނަ ތާރީޚުގެ 03 ދުވަސް ކުރިން އެންގޭނެ ވާހަކަ ދެންނެވީމެވެ.
|