ދިވެހިރާއްޖެ
|
އިޢުލާން ހެނބަދޫ ސިއްޙީމަރުކަޒުގެ ލެބޯޓްރީއެއް ހިންގުމަށް ކޮޓަރިއެއް ކުއްޔަށް ދޫކޮށްދޭނެ ފަރާތެއް ހޯދުން މިމަރުކަޒުގެ ލެބޯޓްރީގެ ޚިދުމަތް ފެށުމަށްޓަކައި ކޮޓަރިއެއް 1 އަހަރު ދުވަހަށް ކުއްޔަށް ހިފަން ބޭނުންވެއެވެ. ވީމާ، މިފަދަ ކޮޓަރިއެއް ކުއްޔަށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ ބިޑް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މި މަރުކަޒުގެ އީ-މެއިލް [email protected] ށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ މިމަރުކަޒުގެ އޮފީހަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ރެޖިސްޓްރޭޝަން ފޯމް ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ 05 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ. މި ތާރީޚުގެ ފަހުން ހުށަހެޅޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި ޕްރީބިޑް ނޯންނާނެ ކަމަށް ދަންނަވަމެވެ. ބީލަން ހުޅުވުން އޮންނާނީ 08 ނޮވެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ 13:00ގައި މިމަރުކަޒުގެ އެޑްމިން ބައިގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން އަދި އިޢުލާނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. މި އިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންވަރު 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. ބިލަން ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީވުމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން އެނގޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. އިތުރު މަޢުލޫމަތު ސާފުކުރެއްވުމަށް މި މަރުކަޒުގެ ނަންބަރު 6560025 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. |
