ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލް އިދާރާގައި ހުރި ބައެއް ތަކެތި ނީލަން ކިޔުން

ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލް އިދާރާގައި ހުރި ބައެއް ތަކެތި ނީލަން ކިޔުން 29 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 ގައި ބައު އިންޖީނުގޭގައި އޮންނާނެއެވެ.  ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ދެންނެވިފައިވާ ގަޑިއަށް ބައު އިންޖީނުގެއަށް ވަޑައިގެން ދެއްވުމަށް އެދެމެވެ. އަދި ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކަށް، މާދަމާ ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:00 އާ ހަމައަށް ބައު އިންޖީނުގޭގައި އެ ތަކެތި ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.

ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

28 އޮކްޓޫބަރު 2026
ހޯދާ