ކ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިމަދަރުސާގެ ސައިންސް ފެސިލިޓީ، އައި.ސީ.ޓީ. ސްޓެމް އަދި ސްކިލް ލެބޯޓަރީ މަރާމާތުކުރުމަށް ބީލަން ހުށައެޅުމުގެ ފުރުސަތު
މި އިޢުލާންވަނީ 28 އޮކްޓޫބަރު 2026 13:50 ގައި ބާތިލް ކުރެވިފައެވެ.
ސައިންސް ފެސިލިޓީ، އައި.ސީ.ޓީ. ސްޓެމް އަދި ސްކިލް ލެބޯޓަރީ މަރާމާތުކުރުން:
- މި މަދަރުސާގެ ސައިންސް ފެސިލިޓީ، އައި.ސީ.ޓީ. ސްޓެމް އަދި ސްކިލް ލެބޯޓަރީ މަރާމާތު ކުރަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި ބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ ތަފްސީލް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2026 އޮކްޓޯބަރ 28ން 2026 ނޮވެމްބަރ 04ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
ބިޑް ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: https://forms.gle/Ju3L4tjyad9zxEo77
ބިޑާ ގުޅޭ ބީ.އޯ.ކިއު އަދި ކުރެހުންތައް އަދި ބީލަން ފޮތުގެ ލިންކް: https://drive.google.com/drive/folders/1NhgOqseR7NxqtJD0c-Y7fno_lYY5ClvO?usp=drive_link
- މި ބީލަމާ ގުޅޭގޮތުން ޕްރީ ބިޑް މީޓިންގ ކުރިއަށްދާނީ 2026 ނޮވެމްބަރ 05 ވާ ބުރާސްފަތި ދުވަހު 13:30ގައި ކ.އަތޮޅު މަދަރުސާގައެވެ.
- މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ނޮވެމްބަރ 15ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުޅުވުން އޮންނާނީ 2026 ނޮވެމްބަރ 16ވަނަ ދުވަހުގެ 13:30 ގައި ކ.އަތޮޅު މަދަރުސާގައެވެ.
- މިޕްރޮކިއުމަންޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 15،000(ފަނަރަ ހާސް) ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 90 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
- މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
ކ.އަތޮޅު މަދަރުސާ
ފޯން:6640036
އީ-މެއިލް: [email protected]
28 އޮކްޓޯބަރ 2026
28 އޮކްޓޫބަރު 2026
ހޯދާ
