ބިލެތްފަހީ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2027 ވަނަ އަހަރަށް ސްކޫލުގެ ސެކިޔުރިޓީ ބަލަހައްދައިދޭނެ ފަރާތެއް ހޯދުން
އިއުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- ކޮންޓްރެކްޓް އުސޫލުން މީލާދީ 1 ( އެކެއް) އަހަރު ދުވަހުގެ މުއްދަތަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2026 އޮކްޓޯބަރ 28 ން 2026 ނޮވެމްބަރ 02 ވަނަ ދުވަހުގެ ނިޔަލަށް ތިރީގައިވާ ގޫގަލް ފޯމުން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.ގޫގަލް ފޯމް ލިންކް: https://forms.gle/qKAe5UY8jF6cr4T28:
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ނޮވެމްބަރ 02 ގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 20206 ނޮވެމްބަރ 04 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
- ބީލަން ހުޅުވުން އޮންނާނީ 2026 ނޮވެމްބަރ 09 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ބިލެތްފަހީ ސްކޫލް / ށ.ބިލެތްފަހި
ފޯން: 6540580
އީ-މެއިލް: [email protected]
28 އޮކްޓޫބަރު 2026
ހޯދާ
