ހިތަދޫ ޕޯޓް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހިތަދޫ ސަރަޙައްދީ ބަނދަރުން މުދާ ކްލިއަރކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ޤަވާއިދު
މިއީ ހިތަދޫ ޕޯޓްސް ލިމިޓެޑުން މުދާ ކްލިއަރކުރުމަށް ރަޖިސްޓަރީވުމާއި، އެފަދަ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ޢާންމު އުޞޫލުތައް ބަޔާންކުރާ ޤަވާޢިދެވެ. މި ޤަވާޢިދަށް ޢަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ޤަވާޢިދު ޝާއިޢުކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. އަދި މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމާއެކު، މީގެ ކުރިން މިކަމާ ގުޅިގެން ޢަމަލުކުރަމުންދިޔަ އެންމެހައި އުޞޫލުތަކާއި ޤަވާޢިދުތައް ބާޠިލުވާނެއެވެ.
މި ޤަވާޢިދުގެ ދަށުން ބޭނުންކުރަންޖެހޭ އެންމެހައި ފޯމުތަކާއި ލިޔެކިޔުންތައް، މި ކުންފުނީގެ ޕޯޓަލް މެދުވެރިކޮށް އަދި ކާގޯ ކްލިއަރެންސް ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ.
28 އޮކްޓޫބަރު 2026
ހޯދާ
