ތިލަދުންމަތީ އުތުރުބުރީ ބާރަށު ސްކޫލް
ދިވެހިރާއްޖެ
ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ (ވޭޖް)

މަޤާމު:

ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު:

J-426712

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ވަގުތީ (ވޭޖް އެމްޕްލޮއިމަންޓް އުޞޫލުން)

މުއްދަތު:

ވަޒީފާ ހަމަޖެހޭ ތާރީހުން ފެށިގެން 03 މާރިޗު 2027 ގެ ނިޔަލަށް

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 5 (ސްޓެޕް 1)

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ބާރަށު ސްކޫލް، ހއ.ބާރަށް

މުސާރަ އާއި އެލަވެންސް

ރޭންކް

މުސާރަ

މަޤާމުގެ އެލަވަންސް

ހާޒިރީ އެލަވަންސް (ހާޒިރުވާ ކޮންމެ ދުވަހަކަށް)

މަހެއްގެ މައްޗަށް ޖުމްލަ ދެވޭނެ އުޖޫރައިގެ މިންވަރު

ދުވާލަކަށް ދެވޭނެ އުޖޫރައިގެ މިންވަރު

1(އެއް) ގަޑިއިރަށް ދެވޭނެ އުޖޫރައިގެ މިންވަރު

R5 (ސްޓެޕް 1)

9495.00

2850.00

75.00

12345.00

561.14

70.14

 

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދަރިވަރުން ސްކޫލަށް ވެއްދުމާއި ޓްރާންސްފަރ ކުރުމުގެ މަސައްކަތް (ސްޓުޑަންޓް އެފެއާރޒްގެ އިދާރީ މަސައްކަތްތައް) ކުރުން.
  2. ދަރިވަރުންގެ ރަޖިސްޓްރީ ތަކާއި ގުޅިގެން ފުރިހަމަކުރަންޖެހޭ އެންމެހާ ލިސްޓުތައް އަދާހަމަކޮށް ބެލެހެއްޓުން.
  3. ދަރިވަރުންނަށް ދޭންޖެހޭ ޓެކްސްޓް ފޮތްތަކާއި ފޮތްލިސްޓް ވައުޗަރތައް މިނިސްޓްރީން ހޯދުމާއި ބެލެހެއްޓުމާއި ދަރިވަރުންނަށް ދޫކުރުމާބެހޭ އިދާރީ އެންމެހާ މަސައްކަތްތައް ފުރިހަމަކުރުން.
  4. ދަރިވަރުންނާގުޅޭ އެހެނިހެން އިދާރީ މަސައްކަތްކުރުމާއި، މިނިސްޓްރީތަކަށް ކުރަންޖެހޭ ރިކުއެސްޓަތަކުގެ އެންމެހާ މަސައްކަތްކުރުން.
  5. ސްކޫލުގެ މެއިލަށް އަންނަ މެއިލްތަށް ޗެކު ކުރުމާއި ޖަވާބުދާރީވުން.
  6. ސްކޫލްގެ އިދާރީ ދުވަހުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން.
  7. އެންޓްރީއަށް ލިބޭ ތަކެތި ދުވަހުން ދުވަހަށް އެންޓްރީކޮށް ލިޔުންތައް ހަވާލު ކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރުން.
  8. ސްކޫލްގައި ހިންގޭ ކޯކަރިކިއުލަރ އަދި އެކްސްޓްރާ ކަރިކިއުލަރ އެކްޓިވިޓީތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ ކަންކަންކުރުން.
  9. ކިޔަވައިދިނުމާއި ގުޅޭ އެކިކަންކަމާ ބެހޭގޮތުން ތައްޔާރުކުރަންޖެހޭ ސިޓީ މެސެޖު ފަދަތަކެތި ތައްޔާރުކުރުން.
  10. ސްކޫލަށް ބޭނުންވާ މަޤާމްތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
  11. މުވައްޒަފުން އެޕްރައިޒްކުރުމުގެ މަސައްކަތާގުޅޭގޮތުން ކުރަންޖެހޭ އިދާރީ އެންމެހާ މަސައްކަތްތައް ފުރިހަމަ ކުރުމާއި އެޕްރައިޒަލް ރިޕޯޓް އާއި ޓާގެޓް ރިޕޯޓް ތައްޔާރުކޮށް ކަމާބެހޭ އިދާރާތަކަށް ފޮނުންވަމުން ގެންދިއުން.
  12. މުވައްޒަފުންނަށް މުސާރަދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  13. ސްކޫލަށް ހޯދައި އަދި ލިބޭ ތަކެތި، ސްޓޮކާއި އިންވެންޓްރީގައި ރެކޯޑުކުރުން.
  14. ފައިސާބަލައިގަތުމާއި ރަސީދުހެދުން.
  15. ޕީ.އޯހެދުމާއި ޕީ.އޯ ރެޖިސްޓްރީ ބެލެހެއްޓުން.
  16. ބިޑުޑޮކިއުމަންޓް ތައްޔާރުކުރުމާއި ބިޑިންގ ޕްރޮސެސް ކުރިޔަށްގެންދިއުން.
  17. ތިޖޫރީ ބެލެހެއްޓުން.
  18. ލިބޭފައިސާގެ ދުވަހުފޮތް ބެލެހެއްޓުން.
  19. ޕޭމަންޓްވައުޗަރ ހެދުމާއި ޕޭމެންޓްތައް ނިންމުން.
  20. ވައުޗަރ ރަޖިސްޓްރީ ބެލެހެއްޓުން.
  21. ފައިސާހަރަދުކުރި ގޮތުގެ ރިޕޯޓްތައް މަހުންމަހަށް ތައްޔާރުކޮށްފޮނުވުން.
  22. އަހަރީ ހިސާބުތައް ނިންމުމާއި ފައިނޭންޝަލް ސްޓޭޓްމަންޓްތައްޔާރުކޮށްފޮނުވުން.
  23. ސްކޫލްގައި ރާވާހިންގާ ހަރަކާތްތަކާއި ގުޅިގެން ހަވާލުކުރާ އެންމެހާ މަސައްކަތްކުރުމާއި، ހާޒިރުވާން އަންގާ ޖަލްސާ ބައްދަލުވުން އަދި ހަފްލާތަކަށް ހާޒިރުވުން.

 

މަޤާމުގެ ޝަރުޠުތައް:

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ އެޑްވާންސް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ހާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. އެކައުންޓިންގ  
  2. އެކައުންޓިންގ އެންޑް ފައިނޭންސް  
  3. އެޑްމިނިސްޓްރޭޝަން  
  4. އޮޑިޓިންގ  
  5. ބިޒްނަސް  
  6. ބިޒްނަސް އެޑްމިނިސްޓްރޭޝަން  
  7. ބިޒްނަސް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ  
  8. ބިޒްނަސް މެނޭޖްމަންޓް  
  9. ކޮމާރސް  
  10. ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވަރކިންގ  
  11. ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ޓެކްނޯލޮޖީ  
  12. ކޮމްޕިއުޓަރ ޕްރޮގްރާމިންގ  
  13. ކޮމްޕިއުޓަރ ސައިންސް  
  14. ކޮމްޕިއުޓަރ ސޮފްޓްވެއަރ ޓެކްނޯލޮޖީ  
  15. ކޮމްޕިއުޓިންގ  
  16. ޑޭޓާ ޕްރޮސެސިންގ ޓެކްނޯލޮޖީ  
  17. އެޑިޔުކޭޝަނަލް ލީޑަަރޝިޕް އެންޑް މެނޭޖްމަންޓް  
  18. ފައިނޭންސް  
  19. ފައިނޭންޝަލް މެނޭޖްމަންޓް  
  20. ފައިނޭންޝަލް ޕްލޭނިންގ  
  21. ހާޑްވެއަރ އެންޑް ނެޓްވަރކް އެޑްމިނިސްޓްރޭޝަން  
  22. ހިޔުމަން ރިސޯސް މެނޭޖްމަންޓް  
  23. އިންފޮމޭޝަން ޓެކްނޮލޮޖީ  
  24. އިންޓަރނަލް އޮޑިޓިންގ  
  25. އިންވެންޓްރީ މެނޭޖްމަންޓް  
  26. އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް  
  27. އިސްލާމިކް ފައިނޭންސް  
  28. ލޮޖިސްޓިކްސް މެނޭޖްމަންޓް  
  29. މެނޭޖްމަންޓް  
  30. ނެޓްވަރކިންގ  
  31. އޮޕަރޭޝަންސް މެނޭޖްމަންޓް  
  32. ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓް  
  33. ޕްރޮކިއުމަންޓް މެނޭޖްމަންޓް  
  34. ޕްރޮގްރާމިންގ  
  35. ޕްރޮޖެކްޓް މެނޭޖްމަންޓް  
  36. ޕަބްލިކް އެޑްމިނިސްޓްރޭޝަން  
  37. ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް  
  38. ޕަބްލިކް ފައިނޭންސް  
  39. ޕަބްލިކް މެނޭޖްމަންޓް  
  40. ޕާޗޭސިންގް  
  41. ކުއަންޓިޓީ ސަރވެއިންގ  
  42. ސްކޫލް ލީޑަރޝިޕް އެންޑް މެނޭޖްމަންޓް  
  43. ސްކޫލް މެނޭޖްމަންޓް  
  44. ސްކޫލް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން  
  45. ސޮފްޓްވެއަރ އިންޖިނިއަރިންގ  
  46. ސަޕްލައި ޗެއިން މެނޭޖްމަންޓް  
  47. ސިސްޓަމް އެޑްމިނިސްޓްރޭޝަން  
  48. ވެބް ޑިވެލޮޕްމަންޓް  

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް

            މަޤާމުގެ ކޯ ޑިސިޕްލިން:ނެތް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

އަސާސީ ޝަރުތު ހަމަވުން

30%

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5%

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5%

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

25%

އިންޓަރވިއު

%35

 

މި މަޤާމަށް އައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެހުރިހާބަޔަކުން ޖުމްލަ %60 އިން ފެށިގެން މަތިން ލިބިފައިވާނަމައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ބާރަށު ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 09 ނޮވެމްބަރ 2026 ން 30 ނޮވެމްބަރ 2026 އާއި ދެމެދު ބާރަށު ސްކޫލްގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500527 އަށެވެ. އީ-މެއިލް ކުރާނީ ([email protected] ) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

28 އޮކްޓޫބަރު 2026
ހޯދާ