ދިވެހިރާއްޖެ
1- ޑްރައިވިން ލައިސަންސް ޓްރެކްގެ ދެކުނަށް ހުރި 01 ނިކަގަސް ކޮށަން ބޭނުންވާތީވެ، މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމަށް ކުރެވުނު ނަންބަރު (IUL)322/322/2026/126 އިޢުލާނާއި ގުޅިގެން، އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށައަޅާފައި ނުވާތީ މި މަސައްކަތަށް ކޯޓޭޝަން ހުށައެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
2- ގަސްކޮށާނީ، ޑްރައިވިންގ ލައިސަންސް ޓްރެކަށް އަރާ އޮފިތަކާއި، ޓްރެކްގެ ބޭރުން 03 ފޫޓާ ހަމައަށެވެ.
3- މިމަސައްކަތުގެ ސަބަބުން އެޅޭ އެންމެހާ ކުނިބުނިތައް ހަމަޖެހިފައިވާ އުސޫލުން ނައްތާލަންވާނެއެވެ. އަދި ރަނގަޅަށް ތަން ސާފުކުރަންވާނެއެވެ.
4- ކޯޓޭޝަންގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޯޓޭޝަނާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއާއި، ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
5- ދައުލަތުގެ މާލިއްޔަތު ޤަވައިދުގާ ބަޔާންކުރާ 'ކްލޯޒް ރިލޭޓިވް' ނުވަތަ 'ކްލޯޒް އެސޯސިއޭޓް' އެއްކަމަށްވާ ފަރާތެއް މިއިދާރާގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ އެކަމުގެ މަޢުލޫމާތު ކޯޓޭޝަންގައި ހިމަނަންވާނެއެވެ. ނުވަތަ ކޯޓޭޝަނާއެކު ސިޓީއަކުން އަންގަންވާނެއެވެ.
6- ކޯޓޭޝަންގައި މަސައްކަތް ކޮށްދޭނެ އަގު (ޖީއެސްޓީ އަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއް ނަމަ ޖީއެސްޓީ ހިމަނައިގެން) އަދި މުއްދަތު (ބަންދު ދުވަސްތައް ހިމަނައިގެން) ޖަހަންވާނެއެވެ.
7- މިމަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ 28 އޮކްޓޯބަރ 2026 ވަނަ ދުވަހުގެ 09:30 އަށް މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ.
8- ކޯޓޭޝަން ހުށަހެޅުން އޮންނާނީ 01 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 09:30 ގައި މިއިދާރާގައެވެ. އަދި މެއިލް މެދުވެރިކޮށް ހުށަހެޅޭ ކޯޓޭޝަންތައް ބަލައި ނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
