އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އދ.ކުނބުރުދޫ ކައުންސިލްގެ ލޯގޯ ފަރުމާކޮށްދިނުން
އދ.ކުނބުރުދޫ ކައުންސިލްގެ ލޯގޯ ފަރުމާކުރުން
އދ.ކުނބުރުދޫ ކައުންސިލްގެ ލޯގޯ ފަރުމާކުރުމަށް ރާއްޖޭގެ އުފެއްދުންތެރި ފަރުމާވެރިންނަށާއި، ކުރެހުންތެރިންނަށާއި، ޑިޒައިނަރުންނަށާއި، ރެޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތައް އަދި ސްޓޫޑިއޯތަކަށް ހުޅުވާލަމެވެ. ލޯގޯ ފަރުމާކުރުމަށް ބައިވެރިވެ، ކުނބުރުދޫ ކައުންސިލަށް އެންމެ ރަނގަޅު ލޯގޯއެއް ފަރުމާކޮށްގެން 1 ވަނައަށް ހޮވޭ ފަރާތަށް އިނާމެއްގެ ގޮތުގައި -/5000 (ފަސްހާސް ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ރަޖިސްޓްރީވުމާއި ލޯގޯ ހުށަހެޅުން
- ކައުންސިލްގެ ލޯގޯ ފަރުމާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް 08 ނޮވެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީވާންވާނެއެވެ.
- ފަރުމާކޮށްފައިވާ ލޯގޯ، 22 ނޮވެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، ކުނބުރުދޫ ކައުންސިލްގެ ރަސްމީ އީމެއިލް އެޑްރެހަށް ފޮނުވަންވާނެއެވެ.
- ކޮންމެ ބައިވެރިއަކަށް ވެސް ހުށަހެޅޭނީ 1 ލޯގޯއެވެ.
ރަޖިސްޓްރޭޝަން ފޯމު ލިންކް:https://forms.gle/9heLoUyqTo7RBSaz8
ކުނބުރުދޫ ކައުންސިލްގެ ލޯގޯ ފަރުމާކުރުމަށް ދެވޭ އިރުޝާދު މި އިޢުލާނާއެކު އެ ވަނީއެވެ.
އިތުރު މައުލޫމާތު ސާފުކުރުން:
- މިކަމާބެހޭގޮތުން އިތުރުކަމެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6680053 ފޯނަށް ގުޅުއްވުން އެދެމެވެ. ނުވަތަ ރަސްމީ އީމެއިލް އެޑްރެހަށް ([email protected]) މެއިލްކުރެއްވުން އެދެމެވެ.
28 އޮކްޓޫބަރު 2026
ހޯދާ
