ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިނޭ ކައުންސިލް އިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ''ފިނޭ ކައުންސިލް ވޮލީ މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލް އިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ''ފިނޭ ކައުންސިލް ވޮލީ މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މުބާރާތަކީ ރަށުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙް އާލާކުރުމާއި، ރަށު ފެންވަރުގައި އަދި އަތޮޅު ފެންވަރުގައި ބޭއްވޭ މުބާރާތްތަކަށް ފިނޭގެ ވޮލީ ކުޅުންތެރިން ތައްޔާރުކުރުމާއި، އަޚްލާގު ރަނގަޅު ނަމޫނާ ވޮލީ ކުޅުންތެރިން މި ރަށުގައި އުފެއްދުމުގެ މަޤްސަދުގައި ބޭއްވޭ މުބާރާތެކެވެ.

މި މުބާރާތްތަކުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ޓީމްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް 05 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ.  ބައިވެރިވުމަށް އެދޭ ފޯމް ލިންކް:  https://forms.gle/7mjecjuPscTqEV9G7

މި މުބާރާތުގެ ޤަވައިދު މި ޢިއުލާނާއެކު ޢާންމު ކުރެވިފައިވާނެއެވެ. އަދި މި މުބާރާތާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 6528127 ނަންބަރަށް ގުޅުއްވުންއެދެމެވެ. ނުވަތަ[email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.



28 އޮކްޓޫބަރު 2026
ހޯދާ