އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަސްޖިދުލް އިޚްވާން މިސްކިތުގެ ވަޅުގެ މަތި ހަދާދޭނެ ފަރާތެއް ހޯދުން
މަސްޖިދުލް އިކްވާން މިސްކިތުގެ ވަޅުގެ މަތިގަޑު ކައުންސިލުން ހުށައަޅާ ކުރެހުމާއި އެއްގޮތްވާ ގޮތުގެ މަތިން ހަދާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 02 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން މި ކައުންސިލަށް ކޯޓޭޝަން ހުށައެޅުއްވުމައް ދަންނަވަމެވެ. ކޯޓޭޝަން މެއިލް ކުރައްވާނަމަ މި އިދާރާގެ މެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
މަސައްކަތާބެހޭ މަޢުލޫމާތު:
- މި އިޢުލާނާއި އެކުގައިވާ ކުރެހުމާއި އެއްގޮތަށް ފައިބަރ މަތިގަނޑެއް ހެދުން (ކުރެހުން މި އިޢުލާނާއި އެކު އެޓޭޗްކުރެވިފައިވާނެއެވެ.)
- މަސައްކަތް ރީތި ވާން ވާނެއެވެ.
މަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7711722 އާއި ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.
28 އޮކްޓޫބަރު 2026
ހޯދާ
