ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

FSM-ADV/2026/221

 

 

މުވައްޒަފުންބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

 

 

މަޤާމް:

ބައުޒަރ ޑްރައިވަރ، )ސ. ގަން(

ޑިޕާޓްމަންޓް/ސެކްސަން:

ސޭލްސް އެންޑް މާރކެޓިންގ

ބޭނުންވާ އަދަދު:

01

މަސައްކަތުގެ ބާވަތް:

 

-          ކަނޑައެޅިފައިވާ ތަންތަނަށް ފިއުލް ގެންދިއުމަށް ފިއުލް ބައުސަރެއް ހިންގުން

-          ބައުސަރ ދުއްވުމާއި އޮޕަރޭޓްކުރާއިރު ސަލާމަތީ ގައިޑްލައިންތަކާއި ގަވާއިދުތަކަށް އަމަލުކުރުން

-          ކޮންމެ ދުވަހަކު ޕްރީ ޓްރިޕް އިންސްޕެކްޝަންތައް ބައުސަރުގައި ކުރުމާއި، އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ސުޕަވައިޒަރަށް ރިޕޯޓްކުރުން

-          ޑިސްޓްރިބިއުޝަން ސެންޓަރުން ބައުސަރަށް ފިއުލް ލޯޑްކޮށް، ކަނޑައެޅިފައިވާ ލޮކްޝަންތަކުގައި ފިއުލް އަންލޯޑް ކުރުން

-          ފިއުލް ޑެލިވަރީ ކުރުމުގެ ޞައްޙަ ރެކޯޑްތައް ބެލެހެއްޓުމާއި، ހުރިހާ ކަރުދާސްތަކެއް ރަނގަޅަށް ނިންމާފައިވާކަން ކަށަވަރުކުރުން

-          ޑިސްޕެޗަރުންނާއި ސުޕަވައިޒަރުންނާއި އެހެނިހެން ޑްރައިވަރުންނާ މުއާމަލާތްކޮށް ރޫޓްތަކާއި ޑެލިވަރީ ޝެޑިއުލްތައް ކޯޑިނޭޓްކުރުން

-          ބައުސަރު އޮޕަރޭޓްކުރާއިރު ޓްރެފިކްގެ ހުރިހާ ގާނޫނުތަކާއި ގަވާއިދުތަކަށް ތަބާވުން

-          ބައުސަރުގެ ސާފުތާހިރުކަމާއި ޖުމްލަ ސިފަ ބެލެހެއްޓުން

ޝަރުތުތައް:

-          ޑްރައިވިންގް ދާއިރާއިން 1 ނުވަތަ 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން 

-          ސީ2، ސީ0 ނުވަތަ ޑީ0 ކެޓަގަރީގެ ލައިސެންސް އޮތް މީހަކުކަމުގައި ވުން ،  މިގޮތުން ޑީ0 ކެޓަގަރީ އޮންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-          ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން    

-          މި ވަޒީފާތަކަށް ހޮވޭ ފަރާތްތަކަކީ، ވަޒީފާއަށް ހޮވުމާއެކު ލަސްނުކޮށް މަސައްކަތަށް

 ނުކުމެވޭނެ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.                 

                   

މަހު މުސާރަ:

13,500ރ އާއި 14,500ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ބައުޒަރ ސެކްސަން )ސ. ގަން(

 

މަޤާމް:

ބައުޒަރ އެސިސްޓަންޓް )ސ. ގަން(

ޑިޕާޓްމަންޓް/ސެކްސަން:

ސޭލްސް އެންޑް މާރކެޓިންގ

ބޭނުންވާ އަދަދު:

01

މަސައްކަތުގެ ބާވަތް:

 

-          ބައުޒަރު ލޮކޭޝަންތަކުގައި ތެޔޮ ލޯޑިންގ އަދި އަންލޯޑިންގ ކުރުމުގައި ބައުޒަރު ޑްރައިވަރަށް އެހީތެރިވުން.

-          ކަސްޓަމަރުންނަށް ތެޔޮ ރައްކާތެރިކަމާއެކު އަދި ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް، ހޮޅި ގުޅުވުމާއި، މީޓަރުގެ ރީޑިންގް ބެލުމާއި، ތެޔޮ ފޯރުކޮށްދިނުމާއި ގުޅޭ އެހެނިހެން މަސައްކަތްތަކުގައި ޑްރައިވަރަށް އެހީތެރިވުން.

-          ހޮޅިތަކާއި، ވޭލްވްތަކާއި، މީޓަރުތަކާއި، ފަޔަރ އެކްސްޓިންގުއިޝަރތަކާއި އެހެނިހެން ސޭފްޓީ އެކުއިޕްމެންޓް ކޮންމެ ދުވަހަކު ބެލުމުގައި ޑްރައިވަރަށް އެހީތެރިވެ، އެއްވެސް އުނިކަމެއް ނުވަތަ މައްސަލައެއް ފާހަގަ ކުރެވިއްޖެނަމަ އެކަން ރިޕޯޓްކުރުން.

-          ޑެލިވަރީ ނޯޓް ތައްޔާރުކުރުމާއި، ކަސްޓަމަރުންގެ ސޮއި ހޯދުމާއި، ޑެލިވަރީއާ ގުޅޭ ރެކޯޑުތައް ބެލެހެއްޓުމުގައި އެހީތެރިވުން.

-          ތެޔޮ ފޯރުކޮށްދޭ ވަގުތު ކަސްޓަމަރުންނާ މުޢާމަލާތްކުރުމާއި، ޑެލިވަރީއާ ގުޅޭ މައްސަލަތައް ހައްލުކުރުމުގައި އެހީތެރިވުމާއި، ޝިފްޓް ޑެލިވަރީ ރިޕޯޓްތަކާއި އެހެނިހެން އޮޕަރޭޝަނަލް މަސައްކަތްތަކުގައި ޑްރައިވަރަށް އެހީތެރިވުން.

ޝަރުތުތައް:

-          ގްރޭޑް 8 ފުރިހަމަކޮށްފައިވުން

-          ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން

 

މަހު މުސާރަ:

11,000ރ އާއި 11,500ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ބައުޒަރ ސެކްސަން  )ސ. ގަން(

 

                

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 01 ނޮވެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ ވަޒީފާގެ ޕޯރޓަލް،fsm.mv/careers އިން އެޕްލައި ކުރެއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421  /3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

27 އޮކްޓޯބަރ 2026

 

27 އޮކްޓޫބަރު 2026
ހޯދާ