މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުރާ ކައުންސިލް ކަޕް – ވޮލީބޯޅަ މުބާރާތް 2026 ބޭއްވުމާއި ގުޅޭ

އިޢުލާން

 

ހުރާ ކައުންސިލް ކަޕް – ވޮލީބޯޅަ މުބާރާތް 2026 ބޭއްވުމާއި ގުޅޭ

 

މިކައުންސިލުން އިންތިޒާމްކޮށްގެން ވޮލީބޯޅަ މުބާރާތެއް ބޭއްވުމަށް ވާނީ ނިންމާފައެވެ. މިމުބާރާތަކީ ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި ވޮލީބޯޅައިގެ ދާއިރާއިން ކުރިއަށް ދިޔުމަށް ފުރުސަތުތައް ހޯދައިދިނުމުގެ މަޤްސަދުގައި ބާއްވާ މުބާރާތެކެވެ.

މިގޮތުން މިމުބާރާތް ހިންގުމަށް ހަމަޖެހިފައިވަނީ 26 ނޮވެމްބަރ 2026ވާ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. މިމުބާރާތަކީ އަންހެން އަދި ފިރިހެން ދެ ބަޔަށް ބަހާލައިގެން ކުރިއަށްދާ މުބާރާތެއް ކަމަށާއި، ބައިވެރިވެވޭނީ 13 އަހަރުން މަތީގެ ފަރާތްތަކަށެވެ.

މިމުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ހުރި ޓީމްތަކުން 05 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް ހުށަހަޅުއްވާއިރު ފޯމްގައިވާ މަޢްލޫމާތުތައް ރަނގަޅަށް ފުރިހަމަކޮށް ހުށަހެޅުމަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފޯމް ހުށަހަޅަންވާނީ މިއިޢްލާނާއިއެކު ޢާންމުކޮށްފައިވާ ޤަވާއިދުތައް ރަނގަޅަށް ކިޔުމަށްފަހު ޤަވާއިދުގައިވާ ގޮތާއިމެދު އެއްބަސްވެ ހުރެއެވެ. މުބާރާތުގެ ގުރުޢަތު ނެގުމަށް ހަމަޖެހިފައިވާ ތާރީޚު ފަހުން އިއުލާން ކުރެވޭނެއެވެ. މިއިޢްލާނާއިގުޅޭ ގޮތުން އިތުރު މަޢްލޫމާތެއް ސާފުކުރަން ބޭނުންނަމަ  6640074 ނުވަތަ 7561923 ފޯނާއި ގުޅުއްވުން އެދެމެވެ.

މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 އޮކްޓޫބަރު 2026
ހޯދާ