މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލް އިދާރާއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގުތަކަށް ބަދަލު ގެނައުމާ ގުޅޭ
ނ. ކެނދިކުޅުދޫ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ ތަފާތު ޚިދުމަތްތަކުގެ އަގުތައް ޒަމާނީ މިންގަނޑުތަކަށް ފެއްތުމުގެ ގޮތުންނާއި، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ދިނުމުގެ ބޭނުމުގައި، މިއިދާރާގެ 5 ވަނަ ދައުރުގެ 20 ވަނަ ޢާންމު ޖަލްސާއިން ވަނީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގުތައް މުރާޖަޢާކޮށް ބަދަލު ގެނައުމަށް ނިންމާފައެވެ.
ވުމާއެކު، 1 ނޮވެމްބަރު 2026 އިން ފެށިގެން ކައުންސިލް އިދާރާއިން ދެވޭ ޚިދުމަތްތަކަށް ފީ ނެގެމުންދާނީ މި އިޢުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާ ކަރުދާހާ އެއްގޮތަށް ކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
27 އޮކްޓޫބަރު 2026
ހޯދާ
