ކެންދޫ ސްކޫލް
ދިވެހިރާއްޖެ
ސީނިއަރ ސްކޫލް ހެލްތު އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު:

ސީނިއަރ ސްކޫލް ހެލްތު އޮފިސަރ

ސްޕެސިފިކޭޝަން:

އޮފިސަރ ގުރޭޑް 1

ރޭންކް:

އެމް.އެސް 1

މުސާރައާއި އެލަވަންސް:

މުސާރަ : -/5610ރ  ސާވިސް އެލަވަންސް : -/2000ރ

އެހެނިހެން އިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ މަސައްކަތް ކުރަންޖެހޭނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު:

1 ( އެކެއް )

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމު އޮތް އޮފީސް:

ކެންދޫ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ކެންދޫ ސްކޫލް / ބ. ކެންދޫ

މައިގަނޑު މަސްއޫލިއްޔަތު

- ބަލިވެގެން ހެލްތުރޫމަށް އަންނަ ދަރިވަރުންނަށް އެހީތެރިވުން. އަދި އެކުދިންގެ މަޢުލޫމާތު ބެލެނިވެރިންނަށް އެންގުމާއި ގެޔަށް ފޮނުވަންޖެހޭ ކުދިންގެ މަޢުލޫމާތު ރިކޯޑުކުރުމަށްފަހު އެކުދިން ގެއަށް ފޮނުވުން.

- އަލަށް ސްކޫލަށް ވަންނަ ކުދިންގެ ހެލްތު ރިކޯޑު ބެލެހެއްޓުން.

- ގްރޭޑް 1 އަށް ވަންނަ ކުދިންގެ ހެލްތު ޗެކަޕް ހެދުން.

- ބަލިވެގެން އަންނަ ކުދިންނަށް ސްކޫލުން ދެވެން އޮންނަ ފަރުވާއެއްދިނުން.

- ސްކޫލުގެ ޙަރަކާތެއްގައި ދަރިވަރަކު އުޅެނިކޮށް ދިމާވާ ކަމަކުން ހޮސްޕިޓަލަށް ގެންދަންޖެހިއްޖެނަމަ އެކަން ސްކޫލުގެ އިދާރާއާ ގުޅިގެން ހަމަޖެއްސުން.

- ސްކޫލުގެ ގޯތިތެރޭގައި މަދިރި އުފެދިފައި ހުންނަ ތަންތަން ބަލައި ޗެކްކުރުން.

- ދުވާލަކު މަދުވެގެން އެއްފަހަރު ސްކޫލުގެ ހުރިހާ ފާޚާނާތަކެއް ބަލައި ޗެކްކޮށް މަސައްކަތު މީހުން ލައްވައި ސާފުކުރުން.

- ޞިއްޙީ ޕްރޮގްރާމްތައް ސްކޫލުގެ އިދާރާއާ ގުޅިގެން ރާވައި ހިންގުން.

- ހެލްތުރޫމަށް ބޭނުންވާ ތަކެތި ބަޖެޓް ސެކްޝަނާ ގުޅިގެން ހޯދުން. އަދި ހެލްތުރޫމް ބަލަހައްޓައި އެތަނުން ލިބެންވާ ފަސްޓްއެއިޑް ދަރިވަރުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން.

- ހެލްތުރޫމުގައި ބޭނުންކުރާ ތަކެތި އަބަދުވެސް ސާފުތާހިރުކޮށް ބެލެހެއްޓުން. (އެނދު ބަދަލުކުރުން)

- ފަނީބޭސް، ވިޓަމިން ކުދިންނަށް ދިނުން.

- ޞިއްޙީ މަޢުލޫމާތު ކުދިންނަށް ދިނުން. (ޑޮކްޓަރުން ގެނެސްގެން)

- ކުދިންގެ ބޯފެން ބަލައި ޗެކްކުރުން.

- ސްކޫލުގައި ހިންގޭ ތަފާތު ޙަރަކާތްތަކުގައި ދަރިވަރުންނަށް އެހީތެރިވެ ފަސްޓް އެއިޑުގެ ޚިދުމަތް ލިބެންޖެހޭ ދަރިވަރުންނަށް އެޚިދުމަތްދިނުން.

- ސްކޫލުގެ ދަރިވަރުންގެ އެކިއެކި މައިދާނީ ދަތުރުތަކުގައި ކުދިންނާއެކު ދާންޖެހޭ ރަށްރަށަށް ދިޔުން.

- ފާއިތުވާ އަހަރު ސްކޫލުގައި ހެލްތު ޕްރޮގްރާމް ހިނގިގޮތުގެ ރިޕޯޓު މިނިސްޓްރީއަށް ފޮނުވުން.

- ޓާމަކު އެއްފަހަރު ކުދިންގެ އިސްކޮޅާއި ބަރުދަން ބަލައި ރިކޯޑުތައް ބެލެހެއްޓުން.

- ހެލްތުރޫމުގައި ބޭނުންކުރެވޭ ބޭސްފަދަ ތަކެތި މުއްދަތު ހަމަވޭތޯ ބަލައި ޗެކްކުރުން.

- ކޮންމެ ދުވަހަކު ސެޝަންގަޑީގައި މަދުވެގެން ދެފަހަރު ތިރީގައިމިވާ ކަންތައްތައް ކުރުން.

  • ފާޚާނާތަކުގެ ސާފުތާހިރުކަން ބެލެހެއްޓުން.
  • ސްކޫލުގެ އިންޓަރވަލް ގަޑި މޮނިޓަރ ކުރުން
  • ފެންބޯ އސްކުރާއި ކޫލަރުތެރޭގެ ސާފުތާހިރުކަން ބެލުން.
  • މީގެ އިތުރުން ވެރިން އަންގާ އެއިއެކި ކަންކަންކުރުން.

މަޤާމާ ގުޅޭ ދާއިރާ:

- ހެލްތު ދާއިރާ

ޝަރުޠު

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި މަސައްކަތުގެ އަޚުލާޤު.

- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް އިންޓަރވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.

އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ތަކެތި:

- އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ އަސްލު.

- މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ސާފު ކޮޕީ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައި.

- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ކިޔުންތަކުގެ ފޮޓޯކޮޕީގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ އަސްލު.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

- ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ އަސްލު.

- ސިވިލްސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މިމަޤާމަށް ހޮވިއްޖެނަމަ، އަދާކުރާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާއަދާ ކުރައްވާ އޮފީހުގެ ލިޔުމެއް.

- ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރައްވާ މުވައްޒަފުން، އެމުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާއަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާ، ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާކުރާ ފޯމު"

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ ވަނަވަރުގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

ސުންގަޑި: މިމަޤާމަށް ޝައުޤުވެރިވެލައްވާ ޝަރުޠު ހަމަވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި މަތީގައި ބަޔާކުރެވިފައިވާ ތަކެތި ފުރިހަމަ ކުރެއްވުމަށްފަހު 07 މާރިޗު 2016 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު: މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުންނާއި ސިވިލް ސަރވިސްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މިމަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އިންޓަރވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ 08 މާރިޗު 2016 އާއި 10 މާރިޗު 2016 އާ ދެމެދު ކެންދޫ ސްކޫލުގައެވެ. އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 6600315 އާ ގުޅުއްވުން އެދެމެވެ.

24 ފެބުރުވަރީ 2016
ހޯދާ