ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ދިގުމުއްދަތަކަށް ޙިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް ދެވޭ އެވޯޑަށް އެދި ހުށަހެޅުން

އިޢުލާން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި މިހާރު މަސައްކަތްކުރައްވަމުންދާ މުވައްޒަފުންނާއި، ކުރިން ޔުނިވަރސިޓީއަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މުވައްޒަފުންގެ ޚިދުމަތާއި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، 2027 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި މުވައްޒަފުންގެ އެވޯޑު ހަފްލާއެއް ބޭއްވުމަށް މި ޔުނިވަރސިޓީން ވަނީ ނިންމާފައެވެ. މި އެވޯޑު ހަފްލާގައި ދިނުމަށް ހަމަޖެހިފައިވާ އެވޯޑުތަކުގެ ތެރެއިން، ޔުނިވަރސިޓީއަށް ދިގު މުއްދަތެއްގައި ޚިދުމަތް ކޮށް، ވަޒީފާ އިން ރިޓަޔަކޮށް ނުވަތަ ވަޒީފާ އިން ވަކިވެފައިވާ ފަރާތްތަކަށް ޚާއްޞަކޮށް ދެވޭ "ލޯންގް ސަރވިސް އެވޯޑު" އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި ޢާންމުކޮށް އިޢުލާން ކުރަމެވެ.

މި އެވޯޑަށް ޝަރުޠު ހަމަވާނީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ އިދާރާ، ސެންޓަރުތައް، ފެކަލްޓީތައް، ސްކޫލުތައް އަދި އަތޮޅުތެރޭގެ ކެމްޕަސްތަކުގައި، ޖުމްލަ 10 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށެވެ. ޚިދުމަތުގެ ޖުމްލަ މުއްދަތު ހިސާބުކުރުމުގައި، ޔުނިވަރސިޓީގައި ވަޒީފާ އަދާކޮށްފައިވާ ހުރިހާ މުއްދަތެއް އެއްކުރެވޭނެއެވެ. އަދި ޚިދުމަތުގައި މެދުކެނޑުންތަކެއް އައިސްފައިވާނަމަވެސް، އެކަންކަމަށް ރިޢާޔަތްކުރެވޭނެއެވެ.

ލޯންގް ސަރވިސް އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. 10 އަހަރަށް ވުރެ ދިގުމުއްދަތެއްގައި ޔުނިވަރސިޓީގެ މަރުކަޒީ އިދާރާ،ފެކަލްޓީ، ސްކޫލް އަދި އަތޮޅުތެރޭގެ ކެމްޕަހުގައި ޚިދްމަތްކުރައްވާފައިވުން.
  2. ޔުނިވަރސިޓީގައި ޚިދްމަތްކުރައްވާފައިވާ މުއްދަތުގެ ތެރޭގައި އެއްވެސް އަޙްލާގީ މައްސަލައަކާ ގުޅިގެން ޔުނިވަރސިޓީން އިޞްލާޙީ ފިޔަވަޅު އަޅާފައިވާ ފަރާތަކަށް ނުވުން. 
  3. މަސައްކަތަށް ފަރުވާ ކުޑަވެގެން ނުވަތަ އަޚްލާޤީ މައްސަލައަކާ ގުޅިގެން ޔުނިވަރސިޓީން ވަކިކޮށްފައިވާ ފަރާތަކަށް ނުވުން.

މި އެވޯޑަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހުގެ ސުންގަޑިއަކީ 2026 ނޮވެމްބަރ 15 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 އެވެ. ހުރިހާ އެޕްލިކޭޝަން ހުށަހަޅުއްވަންވާނީ ތިރީގައިވާ ގޫގުލް ލިންކް މެދުވެރިކޮށެވެ.  މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް، ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ ނަންބަރު 3345138 ނުވަތަ 3345131 އަށް ގުޅުއްވުން އެދެމެވެ.

https://tinyurl.com/MNU-Long-Service-Award-2026

27 އޮކްޓޫބަރު 2025

27 އޮކްޓޫބަރު 2026
ހޯދާ