މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތު - ކޮންސަލްޓަންސީ ފާރމެއް ހޯދުމަށް

                                          

ދިވެހިރާއްޖެ،

ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް P177040

ގްރާންޓް ނަންބަރު: E047-MV

 

މަސައްކަތުގެ ބާވަތް: ޕާސަނަލް ޑޭޓާ ޕްރޮޓެކްޝަން ބިލް  / ޤާނޫނު އާއި ބެހޭގޮތުން  ހޭލުންތެރިކުރުވުމާއި ޓްރޭނިންގ ޓޫލްކިޓް ތައްޔާރު ކުރުމަށް ކޮންސަލްޓަންސީ ޚިދުމަތް ހޯދުން

ރިފަރެންސް ނަންބަރު: MV-MOECCT-DMADD-578984-CS-QCBS

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އިން ވޯލްޑް ބެންކްގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓަށް ލިބިފައިވާ ފައިސާގެ ތެރެއިން ބައެއް ކޮންސަލްޓެންސީގެ ހިދުމަތް ހޯދުމަށް ހަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޮންސަލްޓަންސީ ޚިދުމަތުގެ ބޭނުމަކީ، ޕާސަނަލް ޑޭޓާ ޕްރޮޓެކްޝަން ބިލް  / ޤާނޫނު އާއި ބެހޭގޮތުން  ހޭލުންތެރިކުރުވުމާއި ޓްރޭނިންގ ޓޫލްކިޓް ތައްޔާރު ކުރުމެވެ.

މި މިނިސްޓްރީގެ ފަރާތުން މަތީގައި ދަންނަވާފައިވާ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ޝަރުތު ހަމަވާ ކޮންސަލްޓިންގ ފާރމްތަކަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ގާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، މަސައްކަތުގެ ދާއިރާގައި ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލު، މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔެކިޔުންތައް) ހުށަހަޅަންވާނެއެވެ.

 މި ޚިދުމަތަށް ޝޯޓްލިސްޓްކުރުމުގެ ޝަރުތުތަކަކީ؛

1.     ޓްރެއިނިންގ އާއި ޕްރޮފެޝަނަލް ޓްރެއިނިންގ ޓޫލްކިޓް ހެދުމާއި، ސްޓޭކްހޯލްޑަރ އެންގޭޖްމަންޓް ނުވަތަ މިފަދަ އެހެނިހެން  މަސައްކަތް ކުރުމުގައި މަދުވެގެން 5  އަހަރުގެ އަމަލީ ތަޖުރިބާ ހުރިކަން ސާބިތު ކޮށްދިނުމާއެކު

2.     ސަރުކާރު ނުވަތަ އެހެނިހެން ބޮޑެތި މުވައްސަސާތަކުގައި މަސައްކަތް ކޮށްފައިވުން

3.     ޑޭޓާ ޕްރޮޓެކްޝަން ސްޓޭންޑާޑްސް  އަދި ޕްރެކްޓިސް ނުވަތަ ގުޅުން ހުރި ދާއިރާއަކުން މައުލޫމާތު ހުރިކަން ސާބިތުކޮށްދިނުން

ޝޯޓްލިސްޓް ކުރުމުގެ މަރުހަލާގައި ކީ އެކްސްޕާރޓުން އިވެލުއޭޓެއް ނުކުރާނެއެވެ. ނަމަވެސް، ހުށަހަޅުއްވާ ކޮންމެ ކީ އެކްސްޕާޓެއް ހުށަހަޅުއްވާފައިވާ މަޤާމު ސާފުކޮށް ބަޔާން ކުރަންވާނެއެވެ.

މި ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް "ވަރލްޑް ބޭންކްސް ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯރ އައި.ޕީ.އެފް. ބޮރޮވާރސްގެ ހަތަރުވަނަ އެޑިޝަން، ނޮވެންބަރު 2020" ("ޕްރޮކިއުމަންޓް ރެގިއުލޭޝަން") ގެ ސެކްޝަން 3 ޕޮއިންޓް 3.14، 3.16 އަދި 3.17 ވަނަ މާއްދާ ރަނގަޅަށް ކިޔުއްވުމަށް ދަންނަވަމެވެ.

މި ކޮންސަލްޓަންސީ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެހެން ފާރމްތަކާއި އެސޯސިއޭޓްވެގެން އެކްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅިދާނެއެވެ. މިގޮތުން އެހެން ފާރމްތަކާއި އެސޯސިއޭޓް ވާނަމަ، އެސޯސިއޭޝަންގެ ބާވަތް (ޖޮއިންޓް ވެންޗަރ ނުވަތަ ސަބްކޮންސަލްޓަންޓް) ސާފުކޮށް ލިޔުމުން އެނގެން އޮންނަންވާނެއެވެ. ޖޮއިންޓް ވެންޗަރގެ ގޮތުގައި ކުރިމަތިލުމަށްފަހު މި މަސައްކަތައް ހޮވިއްޖެނަމަ، މި މަސައްކަތުގައި ދިމާވާ ކޮންމެ ކަމެއްގައި ހުރިހާ ފާރމްތަކުން ހަމަހަމައަށް ޒިންމާ ނަގަންޖެހޭނެއެވެ.

މި ކޮންސަލްޓެންސީއަށް ފަރާތެއް ހޮވުމުގައި ބޭނުންކުރާނީ ވޯލްޑް ބޭންކްގެ ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯ އައި.ޕީ.އެފް ބޮރޯވާސްގެ ކޮސްޓް ބޭސްޑް ސިލެކްޝަން (ކިއު.ސީ.ބީ.އެސް) އުސޫލެވެ.

މި ކޮންސަލްޓެންސީއާއި ގުޅޭ އިތުރު މަޢުލޫމާތު މި ދަޢުވަތާ އެކީގައި ޝާއިޢު ކުރެވިފައިވާ "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ.)" ގައި ވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބް ސައިޓްއިން   www.mohst.gov.mv ލިބެން ހުންނާނެއެވެ.

ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 2026 ނޮވެމްބަރު 22 ވަނަ ދުވަހު ގަޑިން 10:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ. "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ޕޯސްޓް މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ.

ޕްރޮޖެކްޓް މެނޭޖަރ

ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް،

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ

މޯލްޑިވްސް ޑިޖިޓަލް ސަރވިސަސް،

ކަލާފާނު ހިނގުން، މާލެ 20064، ދިވެހިރާއްޖެ.

[email protected]އީމެއިލް:

ވެބްސައިޓް: www.home.gov.mv/ https://dmadd.gov.mv/en

ފޯނު ނަންބަރު: +(960)330-2253

 

 

27 އޮކްޓޫބަރު 2026
ހޯދާ