ދިވެހިރާއްޖެ
އިޢުލާން
"މާއުނގޫދޫ ބަށި މުބާރާތް 2026" ގައި ޓީމްތައް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލުން
މާއުނގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިސްނެގުމާއި އެކު މާއުނގޫދޫ ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދާ "މާއުނގޫދޫ ބަށި މުބާރާތް 2026"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ.
2026 ނޮވެމްބަރ 11ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ މުޢައްސަސާތަކުން މިހިނގާ އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހުގެ 12:00 ގެ ކުރިން " މާއުނގޫދޫ ބަށި މުބާރާތް 2026 – ޓީމް ރަޖިސްޓްރީކުރާ ފޯމް" ފުރިހަމަކުރައްވައި[email protected] އަށް މެއިލްކޮށް، ޓީމްތައް ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ.
އަދި "މާއުނގޫދޫ ބަށި މުބާރާތް 2026"ގެ ޤަވާއިދު މި އިޢުލާނާއެކު އާއްމުކުރީމެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
27 އޮކްޓޯބަރ 2026
