ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1448 ވަނަ އަހަރު ރަމަޟާންމަހު ޙިފުޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ޙާފިޡުން ހޯދުން.

ނަންބަރު: 258/258/2026/85(IUL)

އިޢުލާން

1448 ވަނަ އަހަރު ރަމަޟާންމަހު ޙިފުޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ޙާފިޡުން ހޯދުން.

މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް، 1448 ވަނަ އަހަރު ރަމަޟާންމަހު ހަދ.ހަނިމާދޫ "މަސްޖިދު މޫސާ އަލީ" އާއި، "މަސްޖިދުއް ތަޢުބާ" ގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާނެ 2 ޙާފިޡުން މިކައުންސިލަށް ގެނެސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް ރަޖިސްޓްރީވުމަށް ތިރީގައިވާ ލިންކް ބޭނުން  ކުރެއްވުން އެދެމެވެ.

 

ލިންކް: (IUL)258/258/2026/85 - Hafizun hoadhun – Fill in form

 

ތަފްސީލް

ތާރީޚް

ގަޑި / ތަން

ބީލަމުގައި ރަޖިސްޓްރީވުން/ މަޢުލޫމާތު ސާފުކުރުން

2026 އޮކްޓޯބަރ 27 އިން

2026 ނޮވެމްބަރ 09 ނިޔަލަށް

2026 ނޮވެމްބަރ 09 ވާ (ހޯމަ) ދުވަހުގެ ހެނދުނު 11:00 ގެ ކުރިން / އޮންލައިންކޮށް

އަންދާސީ ހިސާބު ހުށައެޅުން އަދި ހުޅުވުން

2026 ނޮވެމްބަރ 22 (އާދީއްތަ)

ހެނދުނު 11:00 / ހދ. ހަނިމާދޫ ކައުންސިލް އިދާރާގެ މީޓިންރޫމުގައި

                                          
  1. ބީލަމުގައި ރަޖިސްޓްރީވާން ހުޅުވާލި މުއްދަތު ހަމަވުމުން، ބީލަމާއިގުޅޭ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.
  2. ބީލަމުގައި ބައިވެރިވުން:  ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް އެކަންޏެވެ.
  3. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ

    ފޯން: 4002064

    އީމެއިލް:  [email protected]

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ޖުމާދަލްއޫލާ 1448

27 އޮކްޓޯބަރ 2026   

27 އޮކްޓޫބަރު 2026
ހޯދާ