މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލަކަތޮޅު ދިއްގަރު ކައުންސިލަށް ލަފާދޭ ކޮމެޓީ އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2010/7) ގެ ދަށުން އެކުލަވާލާފައިވާ ޤަވާޢިދު ނަންބަރު 2024/R-19 "ލޯކަލް ކައުންސިލް ތަކުގެ އާންމު އިޖުރާޢީ ޤަވާޢިދު"ގެ 93 ވަނަ މާއްދާގެ ދަށުން، ރަށުގެ ތަރައްޤީއަށާއި ކައުންސިލް ހިންގުމުގައި ބޭނުންވާ ފަންނީ އަދި އިޖުތިމާޢީ ލަފާ ހޯދުމަށްޓަކައި އެކުލަވައިލާ "ލަފާދޭ ކޮމެޓީ" އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ކޮމެޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ ކައުންސިލުން ތައްޔާރުކުރާ ތަރައްޤީގެ ޕްލޭންތަކަށް ފަންނީ ލަފާ ދިނުމާއި ރަށަށް ދިމާވާ އިޖުތިމާޢީ މައްސަލަތައް ހައްލުކުރުމަށް ކައުންސިލަށް މަޝްވަރާކުރުމާއި ކައުންސިލުން ބަޖެޓް އެކުލަވައިލުމުގައި އިސްކަންދޭންޖެހޭ ކަންކަން ފާހަގަކޮށްދިނުން އަދި ރަށުގެ ވަސީލަތްތައް އިތުރުކުރެވޭނެ ގޮތްތަކާއި، އާންމު ޚިދުމަތްތައް ރަނގަޅުކުރުމަށް ލަފާދިނުމެވެ.

މި ކޮމެޓީ އެކުލެވިގެންވާނީ ކައުންސިލްގެ 3 މެންބަރުންނާއި، އތމ. ކޮމެޓީގެ 3 މެންބަރުންނާއި، އިދާރީ 2 މުވައްޒަފުންނާއި، ރަށުގެ ކޮންމެ ކްލަބު ޖަމުޢިއްޔާ އަކުން 1 މެންބަރު ހިމެނޭހެން ތަފާތު ދާއިރާތަކުގެ ތަޖުރިބާކާރުންނާއި ރަށުގެ މުހިންމު ދާއިރާތައް ތަމްސީލުކުރާ 21 ފަރާތެއްގެ މައްޗަށެވެ. ކޮންމެ ދާއިރާއަކުން މީހުން ނަގާނީ އަންނަނިވި ގޮތަށެވެ.

#

މެންބަރުން

ޢަދަދު

1

ތަޢުލީމީ ދާއިރާ

1

2

ސިއްޙީ ދާއިރާ

1

3

ޓޫރިޒަމް ދާއިރާ

1

4

ކޮންސްޓްރަކްޝަން ދާއިރާ

1

5

މަސްވެރިކަމުގެ ދާއިރާ

1

6

ވިޔަފާރި ދާއިރާ

1

7

އިސްރަށްވެހިންގެ ތެރެއިން

1

8

ޒުވާނުންގެ ތެރެއިން

1

9

ކަނބަލުންގެ ތެރެއިން

1

ކޮމެޓީއަށް އައްޔަންކުރާ އެއްވެސް މެންބަރަކީ މިކައުންސިލްގެ މެންބަރަކާ ޢާއިލީ ގޮތުން ގުޅިފައިވާ މެންބަރަކަށް ވެގެން ނުވާނެއެވެ. ޢާއިލީ ގޮތުން ގުޅިފައިވާ މީހުންގެ ގޮތުގައި ބަލާނީ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިން، އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު ބޭބެ/ދައްތަ/ކޮއްކޮ އެވެ.

މެންބަރުންގެ ޝަރުތުތައް:

ޝަރުތުތައް

ފަންނީ ދާއިރާ:  ތަޢުލީމީ، ޞިއްޙީ، ޓޫރިޒަމް، ކޮންސްޓްރަކްޝަން އަދި މަސްވެރިކަމުގެ ދާއިރާއިން މަދުވެގެން ޑިޕްލޮމާ ފެންވަރަށް ތަޢުލީމު ހާސިލުކޮށްފައިވާ ނުވަތަ އެ ދާއިރާއެއްގައި 5 އަހަރުގެ ތަޖުރިބާ ހުރި ފަރާތްތައް.

ވިޔަފާރި ދާއިރާ: ރަށުގައި އިޤްތިޞާދީ މަސައްކަތްކުރާ ވިޔަފާރިވެރިންގެ ތެރެއިން ހޮވާލެވޭ ފަރާތެއް.

 ހޮވާނެ ގޮތް:  މި މެންބަރުން ހޮވާނީ ކައުންސިލުން ޢާންމުކޮށް އިޢުލާނުކޮށްގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ކައުންސިލްގެ ބައްދަލުވުމެއްގައި މެޖޯރިޓީން ފާސްކޮށްގެންނެވެ. އަދި މިކޮމެޓީގެ އުމުރު ހަމަވާނީ ހިނގަމުންދާ ކައުންސިލްގެ ދައުރު ހަމަވުމުންނެވެ.

ހުށައަޅަންޖެހޭ ލިޔުންތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  2. ތައުލީމީ އަދި ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ފަންނީ ދާއިރާތަކަށް ޙާއްސަ)

ވީމާ މި ކޮމެޓީގައި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، އެކަމަށް އެދި 04 ނޮވެންބަރު 2026 ގެ 13:00 ގެ ކުރިން   https://is.gd/p3WXEM މި ލިންކް މެދުވެރިކޮށް ފޯމު ފުރިހަމަކޮށް، ލިޔުން ހުށައެޅުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

27 އޮކްޓޫބަރު 2026
ހޯދާ