އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ތަރުޖަމާނުން ހޯދުން

    މިކޯޓުން ބަލަމުންދާ މައްސަލަތަކާއި ގުޅިގެން ތިރީގައި މިވާ ބަސްތައް ދިވެހި ބަހަށް ތަރުޖަމާކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެއެވެ.

1-      އިނގިރޭސި ބަސް                    7- ރަޝީޔާ

2-      ބަނގުލަދޭޝް ބަސް                  8- ތަމަޅަ ބަސް

3-      އުރުދޫ ބަސް                       9- ފާރިސީ ބަސް

4-      މަލިޔާޅަން ބަސް                    10- މެޑިކަލް

5-      އަރަބި ބަސް                       11- މަންމަން ބަހުރުވަ ނުވަތަ ސައިން ލޭންގުއޭޖް

6-      ހިންދީ ބަސް                       12- ސިންހަޅަ ބަސް

މި މަސައްކަތުގައި ތަރުޖަމާނު ހޭދަކުރާ ކޮންމެ ގަޑިއަކަށް -/400 ރ ( ހަތަރު ސަތޭކަ ރުފިޔާ ) މަގުން ހަމަޖެހިފައިވާ އުޞޫލުގެމަތިން އުޖޫރަ ދެވޭނެއެވެ. މިޢިއުލާނަށް އިޖާބަދީ ކުރިމަތިލާ ފަރާތަކީ މަތީގައި ދެންނެވިފައިވާ ހުރިހާ ބަހަކުން ތަރުޖަމާކުރުމުގެ ޤާބިލްކަން ލިބިފައިވާ ފަރާތަކަށް ވާކަށް ނުޖެހޭނެއެވެ. ކޮންމެވެސް އެއްބަހަކުން ތަރުޖަމާކުރުމުގެ ޤާބިލް ކަން ލިބިފައިވާ ފަރާތްތަކަށް މިއިއުލާނަށް އިޖާބަ ދެވޭނެއެވެ.

ވީމާ މަތީގައި ދެންނެވިފައިވާ ބަހުރުވަތަކުން ލިޔެފައިވާ ލިޔުންތަކާއި، އަދި އެބަހުން ދައްކާ ވާހަކަތައް ދިވެހި ބަހަށް ތަރުޖަމާކޮށްދިނުމާއި، ދިވެހި ބަހުން ދާއްކާ ވަހަކަ އާއި ލިޔެފައިވާ ލިޔުންތައް މަތީގައި ދެންނެވިފައިވާ ބަހުރުވަތަކަށް ތަރުޖަމާކުރުމުގެ ޤާބިލްކަން ހުރި ތަރުޖަމާކުރުމަށް ޝަޢުޤު ވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތަކެއްޗާއިއެކު 05 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • އެދޭ ސިޓީ
  • ޕާސްޕޯޓް / އައިޑީކާޑުގެ ކޮޕީ
  • ތައުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ
  • ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ
  • ވަނަވަރު
25 އޮކްޓޫބަރު 2026
ހޯދާ