ދިވެހިރާއްޖެ
ރަސްގެތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 2 ވަނަ ހޭންޑު ބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. މުބާރާތް ކުރިއަންދާނީ 2026 ނޮވެމްބަރ 27 ވަނަ ދުވަހުން ފެށިގެންނެވެ. މި މުބާރާތުގެ ޤަވާއިދާއި ބައިވެރިވުމަށް އެދޭ ފޯމު މި އިޢުލާނާއިއެކު އާއްމުކުރެވިފައިވާނެއެވެ.
|
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ބަލައިގަތުން |
27 އޮކްޓޯބަރ 2026 އިން 05 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ށް |
|
މުބާރާތުގެ ގުރުއަތުލުން |
07 ނޮވެމްބަރ 2026 ވާ ހޮނިހިރު ދުވަހުގެ 16:30 ގައި ރަސްގެތީމު ކައުންސިލް އިދާރާގެ ކަނބައިދީ މާލަމުގައެވެ. |
ވީމާ، މި މުބާރާތުގައި ބައިވެރިވެލައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 ނޮވެމްބަރ 05 ވާ ބުރާސްފަތި ދުވަހުގެ 12:00 ކުރިން " ރަސްގެތީމު އ.ތ.މ.ކޮމެޓީގެ ހޭންޑްބޯލް ޓޯނަމެންޓް 2026 ގައި ބައިވެރިވުމަށް އެދޭ ފޯމު" ފުރިހަމަކުރެއްވުމަށްފަހު، މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ހޯއްދެވުމަށް ބޭނުންފުޅުވެލައްވާނަމަ، އ.ތ.މ.ކޮމެޓީގެ ރައީސާ ފާޠިމަތު މަލްސާ 7282227 ފޯނާއި ގުޅުއްވުން އެދެމެވެ.
