ދިވެހިރާއްޖެ
އިޢުލާން
ރޯދަހަދިޔާގެ ގޮތުގައި ސަރުކާރުން ދެއްވި މަސްދަޅު ކޭސްތަކުގެ ތެރެއިން ބާކީ ހުރި ކޭސްތައް ބެހުމާ ގުޅޭ
ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދެއްވި މަސްދަޅު ކޭސް ގޭގެއަށް ރައްދުކޮށްދިނުމުގެ މަސައްކަތް ކުރުމަށްފަހު، އެކި ސަބަބުތަކާ ހުރެ ޙަވާލުނުކުރެވި ބާކީ ހުރި މަސްދަޅު ކޭސްތައް، މި ރަށުގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބެހުމަށް ވަނީ ހަމަޖެހިފައެވެ. މަސްދަޅު ކޭސް ދޫކުރުން ކުރިއަށްދާނީ 31 އޮކްޓޯބަރ 2026 ވާ ހޮނިހިރު ދުވަހުގެ 10:00 އިން ފެށިގެން 16:00 އަށް، އާބާދީ މަރުކަޒުގައެވެ.
ވީމާ، ފަޤީރުންނާއި މިސްކީނުންގެ ލިސްޓުގައި ހިމެނިވަޑައިގަންނަވާ ފަރާތްތަކުން، އައިޑީކާޑު ގެންނަވައިގެން މަސްދަޅު ކޭސް ނެންގެވުން އެދެމެވެ. ބަދަލުގައި އެހެން ފަރާތަކުން ދުރުވާނަމަ، ލިސްޓުގައިވާ ފަރާތުގެ އައިޑީކާޑުގެ އަސްލު ނުވަތަ ކޮޕީ ގެންނަވަންވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
