ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދާންދޫ އިރުމަތީ ފަރާތުން ވިޔަފާރި ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު 24 ނަންބަރު އިޢުލާން ބާތިލް ކުރުމާއި ގުޅޭ

މި ކައުންސިލުގެ ނަންބަރު:  410/410/2026/24 (IUL) އިޢުލާނާއި ގުޅިގެން މި ބީލަމުގައި ރަޖިސްޓްރީވީ ފަރާތްތަކަށް އެ އިޢުލާނާއި އެއްގޮތަށް މަޢުލޫމާތު ދިނުމަށް ބޭއްވުނު ސެޝަން ނިންމައި އެކަމާއި ގުޅޭ އެންމެހާ މަޢުލޫމާތު މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް ލިޔުމުންދީ ނިންމި ފަހުންވެސް ހުއްޓާ ނުލައި ވައިބަރ ގްރޫޕުގައި ބީލަމުގައި ބައިވެރިވި ބައެއް ފަރާތްތަކުން ދައްކާފައި ހުރި ވާހަކަތަކުގެ ސަބަބުން މުޅި ބީލަމަށް ނުރަނގަޅު އަސަރުކުރާނެ އަދި ބީލަމުގެ ވާދަވެރިކަން ގެއްލިދާނެ ކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރުމަށާއި އަދި މީގެ ފަހުން މިފަދަ ކަންކަމަށް ކައުންސިލުން ހަދާ ކޮމިޔުނިޓީ ވައިބަރ ގްރޫޕްތަކަކީ ކައުންސިލުން ކޮންޓްރޯލް ކުރެވޭ ގޮތަށް ހަދާ ވައިބަރ ގްރޫޕް ތައް ކަމުގައި ކަނޑައަޅައިގެން ކުރިއަށް ގެންދިއުމަށް ދާންދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 4 ވަނަ ކުއްލި ބައްދަލުވުމުގެ އަޣްލަބިއްޔަތުން ނިންމާފައިވާތީ އެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

26 އޮކްޓޫބަރު 2026
ހޯދާ