ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން
ރަށު މަގުތައް ހެދުމުގެ މަޝްރޫޢުގެ ތެރެއިން ތާރު އަޅާނެ މަގުތަކާއި ގައު އަތުރައިގެން ހަދާނެ މަގުތައް އަދި ވެލިމަގުގެ ގޮތުގައި ހަދާނެ މަގުތައް ކަނޑައެޅުމަށްޓަކައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ރައްޔިތުންގެ ބައްދަލުވުމެއް 28 އޮކްޓޯބަރ 2026 ވަނަ ދުވަހުގެ 20:45 ގައި ކައުންސިލް އިދާރާގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، މި މިބައްދަލުވުމަށް ވަޑައިގެން ދެއްވުމަށް އެދި ދެޖިންސުގެ ވީހާވެސްގިނަ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
26 އޮކްޓޫބަރު 2026
ހޯދާ
