މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
2027 ވަނަ އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީކުރި ފަރާތްތައް އާންމުކުރުން

2027 ވަނަ އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީކުރި ފަރާތްތައް އާންމުކުރުން

1. 2027 ވަނަ އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް ރަޖިސްޓްރީކުރުމަށް މިމިނިސްޓްރީން ހުޅުވާލި ފުރުސަތުގައި އެކަމަށްއެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތައް މިއިޢުލާނާއެކު އާންމުކުރީމެވެ.

2. 2027 ވަނަ އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ލިބިވަޑައިގަންނަވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ކަމަށް ހުރިހާ ބެލެނިވެރިންގެ މަޢުލޫމާތައްޓަކައި ދަންނެވީމެވެ. އަދި ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރާނީ ސްޓޭޝަނަރީ ވައުޗަރުގެ އަސްލު އެފަރާތަކަށް ހުށަހެޅުމުންނެވެ.

3. 2027 ވަނަ އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރަންވާނީ 2027 ވަނަ އަހަރުގެ ދިރާސީ އަހަރަށް ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް މިމިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި ތަކުންނެވެ. ރަޖިސްޓްރީކޮށްފައިނުވާ ފަރާތުން ތަކެތި ދޫކުރުމަށްފަހު ބިލް ހުށަހެޅުއްވި ނަމަވެސް، އެފަދަ ބިލްތަކަށް މިމިނިސްޓްރީން ފައިސާ ނުދެއްދޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

ވެލާނާގެ، 9 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.                                          

ފޯން:  3041242  

އީ-މެއިލް: [email protected]

 

 

26 އޮކްޓޫބަރު 2026
ހޯދާ