ދިވެހިރާއްޖެ
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރީންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ކާބޯތަކެތީގެ މަޢުރަޒު،މި އޮކްޓޯބަރ 30 އަދި 31 މި ދެދުވަހު ސްލައިމާނިއްޔާ ހޯލްގައި އޮންނާނެއެވެ. މި މަޢުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 29 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލް އިދާރާގެ ފޯން ނަންބަރ 7540046 އަށް ގުޅުއްވައިގެން ނަންނޯޓްކުރެއްވުން އެދެމެވެ.
މަޢުރަޒަށް ހުށަހަޅާ އުފެއްދުންތަކުގެ ތެރެއިން އެންމެ ރަނގަޅު އުފެއްދުންތައް ހޮވާ، ވަނަވަނައަށް އަންނަ ފަރާތްތަކަށް ތިރީގައިވާ ގޮތުގެ މަތީން ފައިސާގެ އިނާމު ދިނުމަށް ވަނީ ކަނޑައެޅިފައެވެ.
|
1 ވަނައަށް |
-/2000 (ދެހާސް) ރުފިޔާ |
|
2 ވަނައަށް |
-/1500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ |
|
3 ވަނައަށް |
-/800 (އަށްސަތޭކަ) ރުފިޔާ |
މި މަޢުރަޒަށް ޒިޔާރަތްކުރައްވާ ފަރާތްތަކުގެ ތެރެއިން އެމީހެއްގެ ނަމުގައި ދަނޑެއް ރަޖިސްޓްރީކޮށްފައިވާ ކޮންމެ ދަނޑުވެރިޔަކަށް ޚާއްޞަ ހަދިޔާއެއްގެ ގޮތުގައި މުޑުވަށް އޮށް ޕެކެޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މަޢުރަޒާއި ގުޅޭ ގޮތުން ތައްޔާރުކުރެވިފައިވާ އުސޫލު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން އާންމުކޮން އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
